ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމްގެ ޕްރައިމަރީގައި 19،000 މީހުން ވޯޓުލި، އެކަމާ އެމްޑީޕީ ވަނީ މާޔޫސްވެފަ: އަބްދުއްރަހީމް

ޕީޕީއެމްގެ އިން ބޭއްވި ޕްރައިމަރީގެ ތެރެއިން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަހަ ހަފްތާގެ ހުކުރު ދުވަހު ބޭއްވި އިދިކޮޅު ޕީޕީއެމްގެ ޕްރައިމަރީގައި 19،000 އަށް ވުރެ ގިނަ މީހުން ވޯޓުލި ކަމަށާއި އެކަމާ ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ މާޔޫސްވެފައިވާ ކަމަށް ޕީއެންސީގެ އިންތިގާލީ ރައީސް އަބްދުއްރަހީމް އަބްދިﷲ ވިދާޅުވެއްޖެއެވެ. 

އިދިކޮޅު ކޯލިޝަންގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިނިވަން ކުރުމަށް ގޮވާލައި ކޮންމެ ރެއަކުވެސް އެޕާޓީގެ އޮފީހުގެ މީޓިން ރޫމުގައި ބާއްވާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި  ޕީޕީއެމުން ނެރޭނެ ކެންޑިޑޭޓުން ހޮވުމަށް ބޭއްވި ޕްރައިމަރީގައި42 ސަރަހައްދެއްގައި ވޯޓުލުން ކުރިއަސް ގެންދިޔައިރު އެމްޑީޕީގެ ޕްރައިމަރީގައި 100 އަށް ވުރެ ގިނަ ސަރަހައްދުގައި ވޯޓުލުން ކުރިއަށް ދިޔަ ކަމަށެވެ. 

އެގޮތުން އެމްޑީޕީން 100 އަށް ވުރެ ގިނަ ސަރަހައްދުގައި ވޯޓުލުން ކުރިއަށް ގެންދިއިރު އެމްޑީ÷ީގެ ޕްރައިމަރީގައި ވޯޓުލާފައި ވަނީ 23000، މީހުން ކަމަށާއި ނަމަވެސް ޕީޕީއެމްއިން42 ސަރަހައްދެއްގައި ވޯޓުލުން ކުރިއަސް ގެންދިުައިރ ު19،000 އަށް ވުރެ ގިނަ މީހުން ވޯޓުލުމަކީ އެމްޑީޕީ މާޔޫސް ވެގެން ދިޔަ ކަމެއް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. 

މިގެއިތުރުންއަބްދުއްރަހީމްވިދާޅުވީ ޕީޕީއެމްގެ ޕްރައިމަރީގެ މަންޒަރުތައް ފެނުމުން ސަރުކާރު ކޯލިޝަނުގައި ހިމެނޭ އެންމެ ބޮޑު ޕާޓީ  އެމްޑީޕީ އަށް ލިބުނީ ހައިރާންކަން ކަމަށާއި އެގޮތުން އެ ޕްރައިމަރީ އަކީ މިހާތަނަށް ސިޔާސީ ޕާޓީއަކުން ބޭއްވި އެންމެ ކާމިޔާބު އަދި އެންމެ ގިނަ މީހުން ވޯޓުލީ ޕްރައިމަރީ ކަމަށްއޭނާވިދާޅުވިއެވެ.އަދި ޕީޕީއެމްގެ ޕްރައިމަރީގައި ވޯޓުލީ މީހުން ގިނަ ވުމުގެ ސަބަބުން ކުރިއަށް ކައުންސިލް އިންތިހާބުގައި ޕީޕީއެމް ބަލި ނުކުރެވޭނެކަން އެމްޑީޕީއަސް ކަށްވަރުވެފައިވާ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: