ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީން ޖެހި ހިސާބު ގޯސް، މޭޔަރުކަން ނަގާނީ މުއިއްޒު: އަބްދުއްރަހީމް

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ މޭޔަރު ހޮވުމަށް އެމްޑީޕީން ޖެހި ހިސާބު ގޯސް ކަމަށާއި ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމުގެ ގޮނޑި ހޯއްދަވާނީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް އިޝާރާތް ކުރެއްވީ މާލޭގެ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އަނަސް އަބްދުލް ސައްތާރު އެ މަގާމު ހޯއްދަވާނީ 12،000 ވޯޓާއެކު ކަމަށް، ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ވާހަކަފުޅަށެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ނަޝީދު ވިދާޅުވީ އަނަސް އަބްދުލް ސައްތާރު އެ މަގާމު ހޯއްދަވާނީ 12،000 ވޯޓާއެކު ކަމަށާއި އެންމެ ކައިރިން ވާދަކުރާ އިދިކޮޅު ކެންޑިޑޭޓަށް 1500 ވޯޓު ވެސް ނުލިބޭނެ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ މާލޭގެ މޭޔަރު ކަމަށް އިދިކޮޅު ކޯލިޝަނުން ނެރެން ކިޔަނީ އެކަން ކުރެވޭ ވަރުގެ ގާބިލް ބޭފުޅެއް ކަމަށެވެ. އަދި ޑރ މުއިއްޒަކީ މާލެ އަށް ބޭނުންވާ ބަދަލުތައް މާލެ އަށް ގެނެވޭ ވަރުގެ ގާބިލް ބޭފުޅެއް ކަން ދިވެހި ރައްޔިތުން ގަބޫލު ކުރާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

މުއިއްޒަކީ ޔާމީންގެ ތަރައްގީގެ ތަސައްވަރުގައި ކުލަ ޖެއްސެވުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ބޭފުޅާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި ޑރ މުއިއްޒަކީ އިލްމާއި ހިލްމު ހުންނެވި ބޭފުޅެއް ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

”މާލެ އަށް މިވަގުތު ބޭނުން ވަނީ ނަތީޖާ ނެރެދެއްވާނެ ބޭފުޅެއް. ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާ އެކީގައި ކައުންސިލްތަކަށް ލިބިފައިވާ ބާރުތަކުގެ ބޭނުންކޮށްގެން މާލެ އަށް އެދެވޭ ހެޔޮ ބަދަލެއް ގެނެސްދެވޭނެ ބޭފުޅަކީ މުއިއްޒު،“ އަބްދުއްރަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ މާލެ އަށް ބޭނުން ވަނީ ނަތީޖާ ނެރެދެވޭނެ ބޭފުޅެއް ކަން އެމްޑީޕީ މެމްބަރުންވެސް ގަބޫލުކުރާ ކަމަށެވެ. އަދި މުއިއްޒުއަށް ވޯޓް ދިނުމަށް ކެތްމަދުވެފައި ތިބި ވަރަށް ގިނަ އެމްޑީޕީ މެންބަރުންނާއި ބައްދަލުވެއްޖެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: