ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާސީޕްލޭން ޓާމިނަލް ހިންގުން ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އަށް ދޭނެ ކަމުގެ ޔަގީންކަން ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ޓީއެމްއޭ އަށް ދެއްވި ކަމަށް މިހާރުގެ އިކޮނަމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ވިދާޅުވުމުން ސައީދު އެކަމަށް ރައްދު ދެއްވައިފިއެވެ.
ރައީސް އޮފީހުގައި ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒް ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގެ އިކޮނަމިކް މިނިސްޓަރ ސައީދު ޓީއެއްއަށް އެއްކޮށް ސީޕްލޭންޓާމިނަލް ދޭން ކަމުގެ ވަރަށް ބޮޑޔ ޔަގީން ކަމެއް ދެއްވި ކަމަށާއި އެކަން ސާފުވަނީ ބަދަލު ކޮށްފައިވާ ލިޔެކިޔުންތަކުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ފައްޔާޒް ދެއްވާފައެއް ނުވެއެވެ.
ފައްޔާޒްގެ އެ ވާހަތަކަށް ރައްދު ދެއްވައި ސައީދު ކުރެއްވި ޓުވީޓްތަކެއްގައި ވިދާޅުވީ އެމްއޭސީއެލްއިން ތަރައްގީ ކުރާ އައު ސީޕްލޭން ޓާމިނަލް ރައީސް ޔާމީންގެ ސަރުކާރުގެ އިކޮނަމިކް މިނިސްޓަރުގެ ހައިސީއްޔާތުން ޓީއެމްއޭއަށް ދޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވި ކަމަށް މިނިސްޓަރު ފަްޔާޒް ވިދާޅުވުމަކީ ކަނޑައެޅިގެން ހެއްދެވި އިތުރުފުޅެއް ކަމަށެވެ.
ފައްޔާޒް ފަޑޫވިދާޅުވެ މިހާރު މާވަށު ދާއިރާގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ ސައީދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ފިނިހަކަ ދުވެލީގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ފުރަތަމަހާފު ނިމުންއިރު މިހާތަނައް ކުރެވުނު ކަމެއްނެތްތާނގައި ”ކުރީސަރުކާރުގެ“ ތަރައްޤީ ފެނި ބޮޑެތި މިނިސްޓްރީތައް ކޮށިއަރާމަންޒަރު ފެނުމުން ހިތާމަކުރައްވާ ކަމަށެވެ.
ސައީދު ވިދާޅުވީ ސީޕްލޭންޓާމިނަލް ވަކިބަޔަކައް ދޭކައް ވަކިއަގަކަށް ކުލިކުރާކަށް އަދި ވަކިގޮތަކައް އޮޕަރޭޓްކުރާކަށް ކުރީސަރުކާރަކުން އެއަރޕޯޓަކައްވެސް އަދި ވަކި ފަރާތަކައްވެސް އަންގާފައި ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ ކުރީސަރުކާރުން ވާނީ މުޅިއެއާޕޯޓްގެ ތަރައްޤީ އަށް އެއްމެ ޒަމާނީ ތަސައްވަރެއްކުރަހައި، ފައިސާހޯދައި، މަސައްކަތްފަށައި ބާރުސްޕީީޑު ގައި ކުރިއައް ގެންގޮސް. ވަޅުޖަހާފަ އޮތް އިޤްތިސާދެއް ދުނިޔޭގެ އެންމެމަތީ ފެންވަރުގައި ރޭޓް ކޮއް އަަލުން އަނބުރާ އިތުބާރު ގާއިމްކޮށްފައި ކަމަށެވެ.
މީގެއިތުރުން ސައީދު ވަނީ މިހާރުގެ ސަރުކާރަށް ސުވާލުތަކެއް ކުރައްވާފައެވެ. އެގޮތުން ކުރީ ސަރުކާރު ނިމުނު އިރު ހުރި ޤައުމީ ރިޒާވް ހުލިވެ، ސޮވެރިން ޑިވޮލޮޕްމަންޓް ފަންޑު ހުލިވެ، އިޤްތިޞާދު ހުއްޓި، ވިޔަފާރިތައް ބަނގުރޫޓު ވަމުން މިދަނީވެސް ހަމަ ކުރީ ސަރުކާރާ ހެދި ތޯއެވެ؟ ވިދާޅުވެ ސައީދު ސުވާލު ކުރެއްވިއެވެ.
އާ ސީޕްލޭން ޓާމިނަލު ހެދުމުގެ މަޝްރޫއު ކުރިޔަށް ގެންގޮސް، އެތަނުގެ ވިޔަފާރި ޕްލޭންތައް ހަދަމުން އައިސް، އެ މަޝްވަރާތަށް ރައީސް ޔާމީނުގެ ސަރުކާރުން އެމްއޭސީއެލާ އެކު ކުރިޔަށް ގެންދިޔަ އިރު، އިކޮނޮމިކް މިނިސްޓަރު ކަމުގައި ހުންނެވީ މުހައްމަދު ސައީދު އެވެ.

