ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން މާލެ ގެނައީ އިމެޖެންސީ ހާލަތުގައެއް ނޫން: ކަރެކްޝަންސް

ކުރީގެ ރައީސް އަބްދުﷲ ޔާމީން : ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މަނީލޯންޑަރ ކުރި ކަމުގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް އިންދިރާ ގަންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެނައީ އިމެޖެންސީ ހާލަތުގައި ނޫން ކަމަށް މޯލްޑިވްސް ކަރެކްޝަން ސާވިސްއިން ބުނެފިއެވެ.

ކަރެކްޝަންސްއިން މިފަދައިން ބުނެފައި މިވަނީ ރައީސް ޔާމީން ބުދަ ދުވަހު މާލެ ގެނެސް އައިޖީއެމްއެޗްގައި އެޑްމިޓް ކުރައްވައިގެން ފަރުވާ ދެއްވަމުން ގެންދަވަނީ އިމެޖެންސީ ހާލަތުގައި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ހަބަރުތަކާއި ގުޅިގެންނެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ކަރެކްޝަންސްގެ މީޑިއޯ އޮފިޝަލް ވިދާޅުވީ ރައީސް ޔާމީން މާލެ ގެނައީ ޓެސްޓްތަކެއް ހެދުމަށް ކަމަށާއި އެ ޓެސްޓްތައް ހެދުމަށް ރައީސް ޔާމީން އައިޖީއެމްއެޗްގައި ބެހެއްޓުނު ކަމަށެވެ. އަދި މިވަގުތު ރައީސް ޔާމީން ައިޖީއެމްއެޗްގައި އޮންނެވީ އިމެޖެންސީ ހާލަތުގައި ނޫން ކަމަށާއި އެމަނިކުފާން ހޮސްޕިޓަލުގައި އޮންނެވީ އެމަނިކުފާން ހައްދަވަން ޖެހޭ ޓެސްޓްތައް ހައްދަވައި ނިމެންދެން އައިޖީއެމްއެޗްގައި ހާއްސަ ކުރެވިފައިވާ ތަނެއްގައި ކަމަށެވެ.  

ރައީސް ޔާމީން ޓެސްޓުތަކެއް ހެއްދެވުމަށް އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްފައިވާއިރު ހައި ކޯޓުގައި އެންމެ ފަހުން ބޭއްވި އަޑުއެހުމެއްގައި އެމަނިކުފާނު ވިދާޅުވީ ހިތުގެ މައްސަލައަކީ ރާއްޖެއިން އިތުރު ތަހުލީލުތަކެއް ނުހެދޭނެ ކަމަށް ޑޮކްޓަރުން ވިދާޅުވެފައިވާ މައްސަަލައެއް ކަމަށެވެ. އަދި ރާއްޖެ އިން ބޭރުން ފަރުވާ ހޯއްދަވަން ޑޮކްޓަރުން ވެސް ލަފާ ދެއްވާފައިވާ ކަމަށް ވިދާޅުވިއެވެ. އެހެން ކަމުން ހުކުމް ތަންފީޒް ކުރުން މަޑުޖައްސާލާ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ހުއްދަ ދެއްވުމަށް ރައީސް ޔާމީން އެދިވަދައިގެންނެވިއެވެ. 

ނަމަވެސް މައްސަލަ ބައްލަވާ ހައިކޯޓުގެ ފަނޑިޔާރުގެ ބެންޗުން ވިދާޅުވީ ޖަލުގައި ހުކުމް ތަންފީޒް ކުރައްވަމުން ގެންދަވާ ގައިދީން ބޭސްފަރުވާއަށް ދިއުމަށް ހުއްދައަށް އެދި އަމަލު ކުރަން ޖެހޭ އުސޫލެއް އެބަ އޮތް ކަމަށާއި އެހެން ކަމުން އެ އުސޫލުގެ ތެރެއިން އަމަލު ކުރެއްވުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: