ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯލިޝަންގައި ދެމި އޮތުމަކަށް ޝައުގުވެރިކަމެއް ނެތް: އިލްހާމް

ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ކޯލިޝަންގައި އޮންނާކަށް އެއްވެސް ޝައުގުވެރިކަމެއް ނެތްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އެޑްވައިޒަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީ އާއި ސަރުކާރަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވަމުން އިލްހާމް ވިދާޅުވީ ކޯލިޝަންގައި އޮންނާކަށްވެސް އަދި ނޯންނަންވެސް އެއްވެސް ”އިންޓަރެސްޓް“ އެއް  ނެތް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހަށް މަލާމާތް ކުރައްވާ މޭރުމަކުން ވާހަކަ ދައްކަވަމުން އިލްހާމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މިހާރުވެސް ކޯލިޝަން ގެންގުޅޭތީ އުފާ ކުރައްވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެވަރުގެ އުފާވެރިކަމެއް ދުނިޔެމަތީގަ ނޯންނާނެ ކަމަށާއި ކޯލިޝަނުން ވަކިނުކޮށް ޖުމްހޫރީ ޕާޓީ ގެންގުޅޭތީ އެކަމާއި ހިތްހަމަ ޖެހޭ ކަމަށެވެ.

ޑެޕިއުޓީ މިނިސްޓަރުކަމާ ސްޓޭޓް މިނިސްޓަރުކަން އަދި މިނިސްޓަރުންކޮޅެއް ލިބުމަކީވެސް ނުހަނު އުފާ ކުރައްވަންޖެހޭ ވަރުގެ ކަމެއް ކަމަށް އިލްހާމް ވިދާޅުވިއެވެ. ނަމަވެސް އޭގެ ފަހުން ރައީސުލްޖުމްހޫރިއްޔާގެ ޚަބަރެއް ވެސް ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެފަދަ ވާހަކަ ދައްކަން އޭނާ ހިނިވެސް އަންނަ ކަމަށް އިލްހާމް ވިދާޅުވިއެވެ.

އިލްހާމް ވިދާޅުވީ ”ކަރުގައި ހިފަހައްޓައިގެން“ ތިބުމުން ބޭނުންވާ އެއްޗެހި ނުކިޔޭ ކަމަށެވެ. އެކަމަކު ކޯލިޝަނުން ޕާޓީއެއް ވަކިކުރުން އެހާ ރަނގަޅު ނޫންކަން ފެންނާނެ މާޒީއަށް ބެލުމުން ފެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިލްހާމް ވިދާޅުވީ، އޭނާ އަކީ މިހާރުގެ ސަރުކާރަށް ތާއީދުކުރާ މީހެއް ނޫންކަމަށާއި ޖޭޕީގެ މިސްރާބު ހުރި 2023 ގެ ރިޔާސީ އިންތިހާބަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: