ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ހިަމަބިހި ފެތުރެމުންދާތީ ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

ފޮޓޯ : ގޫގުލް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދުގައި ހިަމަބިހި (މީސަލްސް) ޖެހިފައިވާ އިތުރު ކޭސްތަކެއް ފެނި، ބަލި ފެތުރިދާނެތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަންބޮޑުވުން ފާޅުކޮށް ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ރާއްޖެއިން ހިަމަބިހި ޖެހިފައިވާ ހަތް މީހަކު ވަނީ ފެނިފައެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި މިހާތަނަށް ފެނުނު ބައެއް ކޭސްތަކަކީ ރާއްޖޭން ބޭރުން އައި ފަރާތްތަކުގެ ކިބައިން ފެނުނު ކޭސްތަކެކެވެ. ނަމަވެސް، މި ބަލި ރާއްޖޭގެ ތެރޭގައި ފެތުރުނު ގޮތް ދެނެގަތުމަށް ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. މި ބަލި ފެނުމާ ގުޅިގެން، ބަލި ޖެހުނު މީހުންނާ ދިމާވި މީހުން ދެނެގަތުމުގެ މަސައްކަތް ނުވަތަ ކޮންޓެކްޓް ޓްރޭސިން ވަނީ ފަށާފައެވެ. އަދި ބަލި ޖެހިފައިވާ މީހުންނާ ބައްދަލުވި ފަރާތްތަކުގެ ތެރެއިން ވެކްސިން ފުރިހަމަނުކުރާ ފަރާތްތަކަށް ވެކްސިން ދިނުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ.

ހިަމަބިއްސަކީ ކެއްސުމާއި ކިނބިހި އެޅުމުގެ ތެރެއިން ވައިގެ މަގުން ވަރަށް އަވަހަށް ފެތުރޭ ވައިރަހެކެވެ. މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ގަދައަށް ހުން އައުން، ހަމުގައި ރަތް ބިހިތަކެއް ނެގުން، ކެއްސުން، އަރިދަފުސް ފޭބުން އަދި ލޯ ރަތްވުން ހިމެނެއެވެ. އެޗްޕީއޭއިން އިރުޝާދު ދެނީ މިފަދަ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން 2017 ވަނަ އަހަރު ރާއްޖެއަކީ ހިަމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް، ފަހަކަށް އައިސް މި ބަލީގެ ބައެއް ކޭސްތައް ވަނީ ފެންނަން ފަށާފައެވެ. އެގޮތުން 2020 އަދި 2023 ވަނަ އަހަރު ވެސް ރާއްޖެއިން ހިަމަބިހީގެ ކޭސްތަކެއް ފެނިފައިވެއެވެ. ސިއްހީ މާހިރުން އިންޒާރު ދޭ ގޮތުގައި، އަވަށްޓެރި ގައުމުތަކުގައި މި ދުވަސްވަރު ބަލި ފެތުރުން އިތުރުވެފައިވުމަކީ ރާއްޖެއަށް އޮތް ބޮޑު ނުރައްކަލެކެވެ.

ބައިނަލްއަގުވާމީ ރިޕޯޓްތަކުން ދައްކާ ގޮތުގައި 2026 ވަނަ އަހަރު ގިނަ ގައުމުތަކެއްގައި މި ބަލި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެހެންކަމުން، ބަލިން ރައްކާތެރިވުމަށްޓަކައި ވެކްސިން ފުރިހަމަކުރުމަށާއި، ބަލީގެ އަލާމާތްތަކަށް ސަމާލުވެ، ބަލި ފެތުރުން ހުއްޓުވުމަށް އެންމެހާ ރައްޔިތުން އެއްބާރުލުން ދިނުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: