މި ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ މާލެ އާއި ތިލަފުށި ގުޅާލައި ބްރިޖް އެޅުމަށް އިންޑިއާގެ ކުންފުންޏަކާ ހަވާލު ކުރުމަށް ނިންމައިފި އެވެ.
ޕްލޭނިން މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި ތިލަމާލެ ބްރިޖު އެޅުމުގެ މަޝްރޫޢު ހިންގަން ހަމަޖެހިފައި ވަނީ އިންޑިއާ ސަރުކާރުގެ ލޯނު އެހީގަ އެވެ.
ބްރިޖު އެޅުމުގެ މަޝްރޫއު ހިންގާ ކުންފުނިތަކުގެ މެދުގައި ޕްރީ ކޮލިފިކޭޝަން އިންޑިއާގައި މިހާރު ކުރިޔަށް ދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ޖުލައި މަހު ޓެންޑާ ކުރުމަށް ފަހު އެ ބްރިޖު އަޅާނީ އިންޑިއާ ސަރުކާރު އެހީގައެވެ.
މި ބްރިޖު އެޅުމަށްޓަކާ ސިމެޓިކް ޑިޒައިން ކުރުމަށް ބޭނުންވާ މެރިން ޖިއޯ ޓެކްނިކަލް ސާވޭ ކުރުމާއި، ލޭންޑް ޖިއޯ ފިޒިކަލް ސާވޭ ކުރުން ކުންފުންޏަކާއި ހަވާލު ކުރުމަށް ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓްރީން ބުނީ، މި މަސައްކަތަށް 15 މިލިއަން ޔޫއެސް ޑޮލަރު ހޭދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
އެ މަސައްކަތް ޖުލައި މަހަށް ނިމޭނެ ކަމަށާއި އަދި މި އަހަރު ސެޕްޓެމްބަރު މަހުގެ ތެރޭގައި ބްރިޖުގެ އަމަލީ މަސައްކަތްތައް ފެންނަން ފަށާނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

