ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަފްތަރުގައި ނަންއޮވެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރާނަމަ ފިޔަވަޅު އަޅާނަން: އެމްޑީޕީ

އެމްޑީޕީން ބޭއްވި ކައުންސިލް އިންތިހާބުގެ ޕްރައިމެރީއަށް ވޯޓުލުމުގެ ތެރެއިން: ފޮޓޯ- ޕްރެސް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ މަހުގެ 4 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި ޕާޓީގެ ޓިކެޓުގައި ވާދަކުރާ ކެނޑިޑޭޓުން ފައިނަލްކޮށްފައިވަނިކޮށް، ޕާޓީގެ މެމްބަރުކަމުގައި ހުރެ އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރާނަމަ އެ މީހަކާއި މެދު ފިޔަވަޅުއަޅާނެ ކަމަށް ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީއިން ބުނެފިއެވެ.

ލާމަރުކަޒީ ނިޒާމު ވުޖޫދުވުމަށްފަހު ބޭއްވޭ ފުރަތަމަ އިންތިހާބަށް، އެމްޑީޕީން ޕާޓީގެ އެތެރޭގެ އިންތިހާބެއް ބޭއްވިއެވެ. އިންތިހާބުތަކާއި ބެހޭ އުސޫލާއި އެއްގޮތަށް އިންތިހާބު ބޭއްވުމަށްފަހު ޕްރައިމެރީ ކާމިޔާބު ކުރި ފަރާތްތަށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯމު ހުށަހަޅާ މިހާރު ވަނީ ރަސްމީކޮށް އިންތިހާބުގެ ކެމްޕެއިންވެސް ފަށާފައެވެ.

މިދިޔަ އަހަރުގެ މަޖިލީސް އިންތިހާބަށްފަހު ވެސް އިންތިހާބުން ނާކާމިޔާބުވީ ބައެއް ފަރާތްތައް އަމިލަގޮތުން އިންތިހާބުގައި ވާދަކުރުމަށް ނިންމުމުން އެ މީހުންނާއި މެދު ފިޔަވަޅު އެޅުމަށް އެމްޑީޕީން ނިންމާފައިވެއެވެ. އެގޮތުން ކައުންސިލް އިންތިހާބަށް ބޭއްވި ޕްެރައިމެރީގައި މިފަހަރު ބޮޑެތި މައްސަލަތަކެއް ފެންމަތިވެ އިންތިހާބު ނާކާމިޔާބުވީ ފަރާތްތަކެއް އަމިއްލަގޮތުން ވާދަކުރާކަމުގެ އަޑުތަކެއް ވަނީ އިވިފައެވެ. އެކަމާއި ގުޅޭގޮތުން އެމްޑީޕީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ ޕާޓީގެ ޕްރައިމަރީން ނާކާމިޔާބުވި މީހުންގެ ތެރެއިން ކައުންސިލް އިންތިހާބުގައި އަމިއްލައަށް ވާދަކުރާ ކޮންމެ މީހަކާއި، އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުރެ އެ އިންތިހާބުގައި އަމިއްލައަށް ވާދަކުރާ ކޮންމެ މީހަކު ވެސް އެ ޕާޓީގެ މެންބަރު ކަމުން ވަކި ކުރަން ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމާފައިވާ ކަމަށެވެ.

އެމްޑީޕީން ބުނެފައިވަނީ އެގޮތަށް އަމަލު ކުރުމަކީ ޕާޓީގެ އުސޫލުތަކާއި ހިލާފުކަމެއް ކަމަށާއި، އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ތިބެ ޕާޓީގެ އަސާސީ ގަވައިދާއި ހިލާފަށް އަމިއްލަގޮތުން އިންތިހާބުގައި ވާދަކުރާކަމުގެ ޝަކުވާއެއް ކޮމިޓީއަށް ލިބިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ކޮމިޓީން ބަލާފައިވާކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

މީގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވެސް އެމްޑީޕީގެ މެންބަރަކު އަމިއްލަ ގޮތުން ވާދަ ކުރާނަމަ އެ މީހަކު ވެސް ވަކި ކުރަން ނިންމާފައިވާ ކަމަށް އެމްޑީޕީން ވަނީ ހާމަކޮށްފައެވެ. ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން 876 ކެންޑިޑޭޓުން ކުރިމަތިލި އެވެ. އޭގެ ތެރެއިން 13 ކެންޑިޑޭޓަކު ވަނީ އިންތިހާބު ކަށަވަރުކޮށްފަ އެވެ.

ކައުންސިލް އިންތިހާބުގައި 980 ކައުންސިލަރުން ހޮވާނެއެވެ. އޭގެ ތެރެއިން 370 ގޮނޑިއަށް އިންތިހާބު ކުރަނީ އަންހެނުންނެވެ. މި އިންތިހާބުގައި ވާދަވެރި ކަމެއް އޮތީ ބޮޑު ދެ ޕާޓީ ކަމުގައިވާ އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމްއާ މެދުގަ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: