ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުން ނާންނަނީސް ރަޖާލާނަމަ އިގްތިސާދު ހުއްޓިދާނެ: ރައީސް ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ފެތުރިދާނެ ކަމުގެ ބިރަށް ހުންނާނަނިސް ރަޖާލާނަމަ ރާއްޖޭގެ އިޤްތިޞާދު ހުއްޓިދާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭންގެ ހަރަކާތެއް ފެށުމަށް އެމްޑީޕީ ހަރުގެ ސަރަހައްދުގައި ބޭއްވި ބައްދަލުވުމެއްގައި ރައީސް ނަޝީދު ވިދާޅުވީ ކޮވިޑް-19 ފެތުރިދާނެ ކަމުގެ ބިރުގައި ފިޔަވަޅުތަކެއް އަޅައިގެން މުޅި ރާއްޖެ ހުއްޓިގެން ނުވާނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ އެގޮތަށް ރާއްޖެ ހުއްޓުމަކަށް ގެނެސްފިނަމަ، ރާއްޖެއަށް ކުރިމަތިވާނެ ގެއްލުން މާ ބޮޑުވާނެ ކަމަށެވެ. އަދި ކޮރޯނާ ވައިރަހާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިއުއެޗްއޯއިން ލަފާދެނީ ގިނަގިނައިން އަތް ދޮވުމަށާއި ސާފުތާހިރުކޮށް ތިބުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ރޯގާގެ ކަންކަމުގައި، ދުނިޔެ ހުއްޓުމަކަށް ނުގެނެވޭނެ ކަމަށާއި އަދި ދިވެހިރާއްޖެ އެއްވެސް ހުއްޓުމަކަށް ނުގެނެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި ބިރުވެރިކަމުގެ ތެރެއަށް ގޮސް ހުންނާންނަނީސް ރަޖާއަޅާ އުސޫލަށް ބަދަލުވާން ފަށައިފި ނަމަ، ދުނިޔޭގެ އިގްތިސާދު ވެސް ހުއްޓޭނެ ކަމަށާއި އިގްތިސާދު ހުއްޓުމުން މިހާރު ދިމާވެހެން މިއުޅޭ ރޯގާ ނުޖެހުނެއް ކަމަކު ދިމާވާނެ އެހެން ރޯގާތަކާއި އެހެން ބަލިތަކާއި އެހެން އުނދަގޫތައް މާގިނަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި ރަށަކުން ބައްޔެއް ފެނުނަސް އެ ރަށް ކަރަންޓީނުކޮށް ދަތުރުފަތުރު ހުއްޓާލައިގެން ނުވާނެއެވެ. އަދި  އެކަން ކުރުމަކީ ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށާއި އެއީ ވިސްނުންތެރި ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮވިޑް-19 މިހާތަނަށް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ ލައްކަ އަކާއި ގާތްވެފަ އެވެ. އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އެ ރޯގާ މިހާތަނަށް 95،000 އަށް ވުރެ ގިނަ މީހުންނަށް ޖެހުނު އިރު އޭގެ ތެރެއިން 3،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.

ކޮވިޑް-19 މިހާރު ބާރަށް ފެތުރޭ ގައުމުތަކުގެ ތެރޭގައި އީރާން، ދެކުނު ކޮރެއާ އިޓަލީ ހިމެނެ އެވެ. ރޯގާ ފުރަތަމަ ފެނުނު ޗައިނާގައި އެ ފެތުރޭ މިންވަރު މިހާރު ވަނީ ނިސްބަތުން ދަށަށް ދާން ފަށައިފަ އެވެ.

އެކި ގައުމުތަކުގައި ހަލުވިކަމާ އެކު، ފެތުރެމުންދާ ކޮވިޑް-19 ރޯގާއާ ގުޅިގެން އެލާޓް ނެރޭނެ ލެވެލްތަކެއް ކަނޑައަޅާފައި ވާއިރު، ރާއްޖެ އަދި އޮތީ ”ވައިޓް އެލާޓް“ ގައެވެ. މި ވަގުތު ”ވައިޓް އެލާޓް“ ކަނޑައަޅާފައި އޮތީ ރޯގާ ޖެހިފައިވާ މީހަކު އަދި ރާއްޖޭން ފެނިފައިނުވާތީއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: