ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރޯނާއާއި ގުޅިގެން އިދިކޮޅުގެ ކެމްޕޭން ދަތުރުތައް މެދުކަނޑާލަނީ!

ކޮރޯނާއާއި ގުޅިގެން އިދިކޮޅުގެ ކެމްޕޭން ދަތުރުތައް މެދުކަނޑާލަނީ!
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވިގެން ރާއްޖޭގައި، ހަ މީހަކު ކަރަންޓީންކޮށްފައިވާތީ ރާއްޖެއަށް ވައިރަސް އެތެރެވެދާނެކަމުގެ ބިރު ބޮޑުވުމާއި ގުޅިގެން އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ކެންޕެއިން ދަތުރުތައް މަޑުޖައްސާލުމަށް ނިންމައިފިއެވެ.

އިދިކޮޅު ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައި ވަނީ ކޮރޯނާ ވައިރަސް އާއި ގުޅިގެން ރައްޔިތުންގެ ސަލާމަތާ ރައްކާތެރި ކަމަށް ހުރިހާ ފިޔަވަޅެއް އެޅުމަށާއި ހާމަކަން ބޮޑު ގޮތެއްގައި މި ބައްޔާ ގުޅޭ މައުލޫމާތާއި ރާއްޖޭގެ ހާލަތު ރައްޔިތުންނަށް އޮޅުން ފިލުވައި ދިނުމަށް އެ ކޯލިޝަނުން ސަރުކާރަށް ގޮވާލާ ކަމަށެވެ. އަދި ވައިރަހުގެ ބިރުވެރިކަން މުޅި ދުނިޔެއަށް ވެސް ފެތުރިފައިވާ މި ދަނޑިވަޅުގައި ރާއްޖޭގެ ހާލަތަށް ރިއާޔަތްކޮށް، އަތޮޅުތަކުގައި ހަރަކާތްތެރިވަމުންދާ ޕާޓީގެ ލީޑާޝިޕްގެ ޓީމުތައް ދަތުރުތައް ކުރުކޮށް އެނބުރި މާލެ އައުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އިދިކޮޅުން ކެމްޕެއިން ހަރަކާތްތައް މިވަގުތުވީ ރ. އަތޮޅާއި ޅ. އަތޮޅަށް ގޮހެވެ. އެގޮތުން ރޭގެ ވަގުތެއްގައި ޅ. ނައިފަރުގައި އެ ކޯލިޝަންގެ ބޮޑު ޖަލްސާއެއް ބޭއްވި އެވެ. ޕީޕީއެމް، ޕީއެންސީން ބުނެފައިވަނީ ރާއްޖެ ފަދަ ކުޑަ ގައުމެއްގައި މި ބަލި ފެތުރިއްޖެ ނަމަ ރައްޔިތުންނަށް ދަތިތަކަކާއި ކުރިމަތިވާނެ ކަމަށެވެ. އަދި ރާއްޖެއަށް ވައިރަސް އެތެރެވެއްޖެނަމަ ގެއްލުން ބޮޑު ވާނެ ކަމަށް ވެސް ބަޔާނުގައި ވެއެވެ. އަދި ގައުމީ މަސްލަތު އިސްކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށް އަބަދުވެސް އިސްކަން ދޭނެ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ކޮރޯނާއަށް ޝައްކު ކުރެވޭ މީހުން ފެނިގެން މިހާރު ވެސް ވ. ތިނަދޫ އާއި ކުރެއްދޫ އައިލެންޑް ރިސޯޓް އާއި ސަމާ އައިލެންޑް ރިސޯޓް ވަނީ ލޮކްޑައުންކޮށް މީހުން އަރާ ފޭބުން މަނާކޮށްފަ އެވެ. ތިނަދޫން ކޮރޯނާއަށް ޝައްކު ކުރެވޭ އިޓަލީ ޓޫރިސްޓަކު ފެނިފައިވާއިރު ސަމާއިން ވަނީ ދެ ޓޫރިސްޓަކު ފެނިފަ އެވެ. އަދި ކުރެއްދޫއިން ކަރަންޓީނު ކުރީ އެ ރިސޯޓުން އިޓަލީއަށް ދިޔަ ޓޫރިސްޓަކު ކޮރޯނާއަށް ޕޮޒިޓިވްވެ އޭނާ ކުރެއްދޫން ދެއްކި ޑޮކްޓަރަށް ވެސް ކޮރޯނާ ޖެހިފައިވާ ކަމަށް ޝައްކު ކުރެވިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: