ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވ. ތިނަދޫއިން އެކަހެރި ކުރި މީހާ ވައިރަހަށް ނެގެޓިވް، ރަށް ހުޅުވާލައިފި

ވައިރަސްއަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްގެ ތެރެއިން - ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާ ވައިރަސްގެ އަލާމާތްތަކާއި އެކު ވ. ތިނަދޫއިން ކަރަންޓީން ފެސިލިޓީއަށް ގެންދެވުނު ފަރާތް ވައިރަހަށް ނެގެޓިވް ވެފައިވާތީ، ތިނަދޫ ލޮކްޑައުންއިން ހުޅުވާލާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ރަންޓީނުކޮށް ޓެސްޓްތައް ހެދީ ވައިރަހުގެ އަލާމާތްތައް ހުރިކަމަށް ޝައްކު ކުރެވުނު މީހެކެވެ. ޓެސްޓްގެ ނަތީޖާ މިހާރު ލިބިފައިވާއިރު އޭނާގެ ގައިގައި ވައިރަހުގެ އަސަރެއް ނެތް ކަމަށް ނަތީޖާތަކުން ދައްކާކަމަށް ބަޔާނުގައި ވަނީ ބުނެފައެެވެ. ނަތީޖާއިން ވައިރަސްއަށް ނެގެޓިވް ނަމަވެސް އިތުރަށް ބަލަންޖެހޭ ކަންތަކެއް ހުރުމުން، އަދި އެއްފަހަރު އޭނާ ޓެސްޓު ކުރުމަށް ވަނީ ނިންމާފައެވެ. އެހެންކަމުން އޭނާ އަދިވެސް ހުރީ އައިސޮލޭޝަން ސެންޓަރުގައެވެ.

އެޗްޕީއޭއިން ވަނީ ރަށް ހުޅުވާލުމުގެ ކުރިން ”ކޮންޓެކްޓް ޓްރޭސިން“ ހަދާފައިވާކަން ފާހަގަކޮށްފައެވެ. 

މީގެ އިތުރުން ކުރެއްދޫ ރިސޯޓާއި ސަމާ އައިލެންޑް ރިސޯޓް ވެސް މިހާރު ވަނީ ލޮކްޑައުންކޮށްފަ އެވެ. އަދި ދެ މީހެއްގެ ގައިން ކޮރޯނާގެ އަލާމާތްތަކެއް ފެންނާތީ ވަނީ އައިސޮލޭޓް ކުރެވިފައެވެ. އެއީ ފަތުރުވެރިޔާއަށް ރިސޯޓުން ފަރުވާދިން ޑޮކްޓަރެވެ. އޭނާ މިވަގުތު ބަހައްޓާފައި ހުރީ ފަރުކޮޅުފުށީގައެވެ.

ސަމާ އައިލެންޑްއިން ކަރަންޓީންކޮށްފައި ވަނީ އެ ރިސޯޓުގައި ޗުއްޓީ ހޭދަ ކުރަމުން އައި ފްރާންސްގެ ދެ ފަތުރުވެރިއެކެވެ. އޭގެ ފަހުން، އެ ދެ މީހުން ބެލި އެ ރިސޯޓުގެ ޑޮކްޓަރުވެސް ވަނީ ކަރަންޓީން ކުތރެވިފައެވެ. އަދި ސަމާ އައިލޭންޑް ގެ ދެ މުވައްޒަފަކު ވަނީ، ކޮޓަރިން ނުނިކުމެވޭގޮތަށް، އައިސޮލޭޓުކޮށްފައެވެ. ބެލެވޭ ގޮތުން އެ ނަތީޖާތައް މިރޭ ނުވަތަ މާދަމާގެ ވަގުތެއްގައި ލިބޭނެއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: