ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަމާ އައިލޭންޑުގެ ނަތީޖާ ލިބިއްޖެ، ހަތް މީހުންވެސް ވައިރަސްއަށް ނެގެޓިވް

ސަމާ އައިލޭންޑުގެ ނަތީޖާ ލިބިއްޖެ، ހަތް މީހުންވެސް ވައިރަސްއަށް ނެގެޓިވް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަމާ އައިލެންޑް ރިސޯޓްގައި ކޮރޯނާ ވައިރަހަށް ޝައްކު ކުރެވިގެން ޓެސްޓްތައް ހެދި ހަތް މީހުންގެ ނަތީޖާ ވެސް ނެގަޓިވްވުމުން އެ ރަށަށް އަޅާފައިވާ ލޮކްޑައުން ފިޔަވަޅު އުވާލައިފި އެވެ.

އެ ރިސޯޓް ލޮކްޑައުންއަށް ގެނައީ އެ ރަށުގައި ޗުއްޓީ ހޭދަ ކުރަމުންދިޔަ ފްރާންސްގެ ދެ ޓޫރިސްޓެއްގެ ފަރާތުން ކޮރޯނާ ވައިރަހުގެ އަލާމާތްތައް ފެނިގެންނެވެ. އޭގެ ފަހުން އެ ރަށުގެ ބައެއް މުވައްޒަފުންގެ ފަރާތުން ވައިރަހުގެ އަލާމާތްތަކެއް ފެންނަ ކަމަށް ޝައްކުވީއެވެ. 

ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީއިންކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ވައިރަހަށް ޝައްކުވީ އެ އެންމެންގެ ޓެސްޓްގެ ނަތީޖާ ވެސް ނެގަޓިވް ކަމަށެވެ. އަދި މިހާރު ރަށަށް އަރާ ފޭބުމަށް މިހާރު ހުރަހެއް ނޯންނާނެ ކަމަށް ވަނީ ބުނެފައެވެ. 

ރާއްޖޭގައި ކޮރޯނާ ވައިރަހަށް ޕޮޒިޓްވެފައިވަނީ ދެ މީހެކެވެ. އެއީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓްގެ ދެ މުވައްޒަފުންނެވެ. އެ ދެ މީހުންނަކީ ވެސް ބިދޭސީންނެވެ. ނަމަވެސް އެމީހުންގެ ގައުމެއް ހާމައެއް ނުކުރެ އެވެ. އެ މީހުން ތިބީ ފަރުކޮޅުފުށީގައި ކަރަންޓީނުކޮށްފަ އެވެ.

https://twitter.com/HPA_MV/status/1236397359619133440

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: