ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމްޕޯޓް ޑިއުޓީ ކަނޑާލުމަކީ މަސްވެރި ސިނާއަތަށް ލިބުނު ކުރިއެރުމެއް

ފޮޓޯ: ސަރުކާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އިނގިރޭސިވިލާތަށް އެތެރެކުރާ ދިވެހި ކަނޑުމަހުގެ އުފެއްދުންތަކުން ނަގަމުންދިޔަ ޓެރިފް (އިމްޕޯޓް ޑިއުޓީ) ކަނޑާލުމަށް އެ ޤައުމުން ނިންމި ނިންމުމަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ދިވެހި މަސްވެރިކަމުގެ ސިނާޢަތުގެ އުފެއްދުންތަކުގެ އެކްސްޕޯޓަރުންގެ ޖަމީއްޔާއިން ބުނެފިއެވެ.

މިކަމާ ގުޅިގެން އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިނގިރޭސިވިލާތުން މި ބަދަލު ގެނައީ ގިނަ ބާވަތްތަކެއްގެ މުދާ އެތެރެކުރުމުގެ ޚަރަދު ކުޑަކޮށްދީ، ސަޕްލައި ޗެއިންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އަދި މީގެ ސަބަބުން ކޮންސިއުމަރުންނަށް އަގުހެޔޮކޮށް އަދި ފަސޭހައިން މުދާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށްވެސް އެ ބަޔާނުގައިވެއެވެ. އެކްސްޕޯޓަރުންގެ ޖަމިއްޔާއިން އުންމީދު ކުރަނީ މި ނިންމުމަކީ ދާއިމީ ނިންމުމަކަށް ހެދުމަށް ސަރުކާރުން އިތުރު މަޝްވަރާތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި މިއީ އިނގިރޭސި ބާޒާރަށް މަހުގެ އުފެއްދުންތައް ބޭރުކުރާ ފަރާތްތަކަށް އިތުބާރު އޮތް، ހަމަޖެހޭ މާހައުލެއް ބިނާކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.

ބައިނަލްއަގުވާމީ މައިދާނުގައި ދިވެހި މަސްވެރިކަމުގެ އުފެއްދުންތަކަށް ވާދަވެރި ފުރުސަތުތައް ހޯދައިދިނުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް އެ ޖަމިއްޔާއިން ވަނީ ޝުކުރު އަދާކޮށްފައެވެ. ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ވަޒީރު އަހުމަދު ޝިޔާމް ކުރައްވާ މަސައްކަތްޕުޅުތައް އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.

އިނގިރޭސިވިލާތުން ދިވެހި މަހުގެ ބާވަތްތަކުން ކަނޑާލުމަށް ނިންމާފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ. މި ނިންމުމުގެ ސަބަބުން ދިވެހި މަސްވެރިންނަށް ލިބޭ އާމްދަނީ އިތުރުވެ، ރަށްރަށުގެ އިގްތިސާދީ ކުރިއެރުމަށް ބޮޑު ބާރަކަށް ވާނެއެވެ. އަދި މި ބަދަލާއެކު އިނގިރޭސިވިލާތުގެ ބާޒާރުގައި މަހުގެ އަގު ހެޔޮވެގެންދާނެއެވެ.

މަސްވެރިކަމަކީ ދިވެހިރާއްޖޭގެ އިގްތިސާދުގެ މައިނާރު ކަމަށްވާއިރު، އިގްތިސާދީ މާހިރުން ދެކޭގޮތުގައި ޓެރިފް ކަނޑާލުމުން ބައިނަލްއަގުވާމީ ބާޒާރުގައި، ޚާއްސަކޮށް ދަޅުމަހާއި ޕްރޮސެސްކޮށްފައިވާ މަހުގެ ބާވަތްތަކަށް އޮންނަ ޑިމާންޑް އިތުރުވެ، ދިވެހި މަސްވެރިކަމަށް އާ ދިރުމެއް ލިބިގެންދާނެއެވެ.

އިނގިރޭސިވިލާތުގެ ބާޒާރުގައި ދެމެހެއްޓެނިވި ގޮތެއްގައި ބާނާ ދިވެހި މަހުގެ ބާވަތްތަކަށް އޮތް ފުރުސަތުތައް މިކަމުގެ ސަބަބުން ފުޅާވެގެންދާނެ ކަމަށްވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވެފައިވާކަން ފާހަގަކުރެވެއެވެ. އަދި ރާއްޖެއަކީ ދޮށީގެ މަސްވެރިކަން ކުރާ، ތިމާވެއްޓާ ރައްޓެހި ގޮތްތަކަށް މަސްވެރިކަން ކުރުމުގައި ދުނިޔޭގެ ނަމޫނާ ގައުމެއްކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: