ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް19: އަޅަމުންދާ ފިޔަވަޅުތަކުން ވިޔަފާރިތައް ބަނގުރޫޓުވޭ: ޖާބިރު

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާ ވައިރަސްއާ ގުޅިގެން ސަރުކާރުން އަޅަންފަށާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތައް ބަނގުރޫޓުވާން ފަށާފައިވާ ކަމަށް ކާށިދޫ ދާއިރާގެ މެންބަރުން އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ކޮރޯނާއަށް އަޅާ ފިޔަވަޅުތަކުން އިގްތިސޯދު ހަލާކުވާ ކަމަށްބުނެ، ހޯމަ ދުވަހުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވީ ޗައިނާ އާއި އިޓަލީން މީހުން އައުން މަނާ ކުރުމާ ގުޅިގެން ޓޫރިޒަމް ފިޔަފާރި ބަނގުރޫޓްވާން ފަށާފައިވާ ކަމަށެވެ.

ޖާބިރު ވިދާޅުވީ ސަރުކާރުގެ ފިޔަވަޅުތަކުގެ ސަބަބުން ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރާ މީހުންގެ ވަޒީފާތައް ގެއްލިދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށެވެ.

ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ މުޅި އިގްތިސާދަށާއި ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ހާލަތު ފުނޑިގެންދާނެ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ރާއްޖެއަށް ފަތުރުވެރިން އައުން މުޅިން މަނާ ކުރުމުގެ ބަދަލުގައި ސްކްރީން ކުރުމުގެ ނިޒާމު ހަރުދަނާކޮށް ވައިރަސްއަށް ޝައްކު ކުރެވޭ މީހަކު ރާއްޖޭން ބޭރަށް ފޮނުވާލުން ފަދަ ކަންކަން ހަމަޖައްސަން ޖެހެއެވެ.

މީގެ އިތުރުން ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވާ ހަތަރު މީހަކު ރާއްޖޭން ފެނުމާ ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ސްކްރީން ކުރުމަށް ގާއިމުކޮށްފައިވާ ނިޒާމާ މެދު ޖާބިރު ވަނީ ސުވާލު އުފައްދާފައެވެ.

އިންޓަނޭޝަނަލް އެއާޕޯޓްތަކުގައި ކޮރޯނާ ވައިރަސްއަށް ސްކްރީން ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާތާ މަސް ދުވަހަށް ވުރެ ގިނަ ދުވަސް ވެފައި ވަނިކޮށް ރާއްޖޭން އެތެރެވި ފަތުރުވެރިންތަކެއްގެ ޕޮސިޓިވް އެކަން ރާއްޖޭގައި ފެތުރެން ފެށީ ރަނގަޅަށް ސްކްރީން ނުކުރެވުމުން ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ސްކްރީން ކުރުމުގެ މަސައްކަތުގައި އިހުމާލުވި މީހުންނަށް ވަގުތުން ވަގުތަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ކަމެއް ރާއްޖޭގެ ދިފާއި ބާރު ކަމުގައިވާ އެމްއެންޑީއެފްއަށް ހަވާލު ކުރުމަށް ޖާބިރު ގޮވާލެއްވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: