ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލަމެންދޫ ރިސޯޓަށް އަރައިފޭބުން މަނާކޮށްފި

ވިލަމެންދޫ އައިލަންޑް ރިސޯޓު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއަށް ވެސް އެ ބަލީގެ ނުރައްކާތެރިކަން އިތުރުވަމުން އަންނަ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސް ހުރިކަމުގެ ޢަލާމަތްތަކެއް އދ.ވިލަމެންދޫ ރިސޯޓުގެ ދިވެހި މުވައްޒަފެއްގެ ގައިން ފެންނާތީ، އެ މީހާ ކަރަންޓީނުކޮށް، އެ ރިސޯޓަށް އަރައިފޭބުން މަނާކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން، މިއަދު ކުރި ޓުވީޓެއްގައިވަނީ، އެ މީހާ މޮނިޓަރ ކުރުމަށާއި، ”ކޮންޓެކްޓް ޓްރޭސިންގ“ ހެދުމަށްޓަކައި، ވަގުތީ ގޮތުން އެ ރިސޯޓަށް އަރައިފޭބުން މަނާކޮށްފައިވާކަމަށެވެ.

 

https://twitter.com/HPA_MV/status/1237215942234370048?s=20

މިއަދާ ހަމައަށްއައިއިރު ދިވެހިރާއްޖެއިން ހަ މީހަކު ވަނީ ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވެފައެވެ. އެއީ ކުރެއްދޫ އައިލަންޑް ރިސޯޓުން ހަތަރު ބިދޭސީންނާއި، އއ. ސޭންޑީސް ބަޠަލާ އައިލަންޑް ރިސޯޓުުގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފްރާންސްގެ ދެ ފަތުރުވެރިންނެވެ. މީގެ އިތުރުން، ކުރެއްދޫއިން 90 މީހަކު އެކަހެެރިކޮށްފައިވާއިރު، އެމީހުންގެ ކިބައިން ވައިރަހުގެ ޢަލާމާތްތަށް މިހާރު ނުފެންނަކަމަށް، ސަރުކާރުންވަނީ ހާމަކޮށްފައެވެ.  ހަމަ އެހެންމެ، ފަރކޮޅުފުށީގައި 11 މީހަކު ކަރަންޓީނުކުރެވިފައިވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: