ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިޚާބު ލަސްކުރުމުގެ ޝަރުތަކީ ރައީސް ޔާމީން ދޫކޮށްލުން: އިދިކޮޅު

ޝެއާރކޮށްލާ ކަހަލަދޯ؟

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ލަސްކުރުމަށް މަޝްވަރާ ކުރުމުގެ ޝަރުތަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަންކުރުން ކަމުގައި އިދިކޮޅު ފަރާތުން ހަދައިފިއެވެ.

ޔާމީން، ފަސް އަހަރުގެ މުއްދަތަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިދިޔަ އަހަރުގެ ނޮވެމްބަރު 28 ގައި ހުކުމްކުރީ މަނީލޯންޑަރިންގެ ކުށް ސާބިތުވުމުންނެވެ. އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށް، އިސްތިއުނާފުގެ ޝަރީއަތުގެ އަޑުއެހުންތައް މިހާރު ވެސް ކުރިއަށް ދެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އަދި ޔާމީންގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ކޮވިޑް-19 ފެތުރޭތީ އިންތިޚާބު ލަސްކުރުމުގެ މަޝްވަރާ އަކީ ”ސިޔާސީ މަޝްވަރާއެއް“ ކަމަށާއި ޔާމީން މިނިވަން ނުކުރަނީސް ސިޔާސީ އެއްވެސް މަޝްވަރާއެއް ނުކުރަން އިދިކޮޅުނ ްނިންމާފައިވާ ކަމަށެވެ.

ޝަރީފް ވިދާޅުވީ، ސަރުކާރާ އެކު ސިޔާސީ އެއްވެސް މަޝްވަރާއެއް ނުކުރަން ނިންމީ ޕީޕީއެމް-ޕީއެންސީ ޖޮއިންޓް ކައުންސިލްގެ ބައްދަލުވުމެއްގައި ކަމަށެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެމްޑީޕީގެ ގިނަ މެމްބަރުން ވިދާޅުވީ، ކޮވިޑް-19 އަކީ މުޅި ދުނިޔޭގައި ވެސް ބާރަށް ފެތުރެމުންދާ ރޯގާއަކަށް ވާތީ، އެކަމުގެ ބިރުވެރިކަން ކެނޑޭނެ ވަކި ދުވަހެއް ނޭނގޭތީ އިންތިޚާބު ލަސްކުރަން ނުފެންނަ ކަމަށެވެ.

އިދިކޮޅު މެމްބަރުން ވިދާޅުވި ގޮތުގައި، ރޯގާއާ ގުޅިގެން އިންތިޚާބު ލަސް ކުރަން ޖެހޭ ފަދަ ހާލަތެއް އޮތްކަން ނުވަތަ ނޫންކަން އެންމެ ރަނގަޅަށް އެނގޭނީ ސަރުކާރަށެވެ.

މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އޭދަފުށީ ދާއިރާގެ އަހުމަދު ސަލީމް (ރެޑް ވޭވް) ވިދާޅުވީ، ކޮވިޑް-19 ފެތުރޭތީ، އިންތިޚާބު ލަސްކުރުމާ މެދު އިދިކޮޅުން ވަކި ގޮތެއް ނުނިންމާ ކަމަށެވެ. އެކަމަކު އެއީ ރައްޔިތުންގެ ހައްގުގައި ކުރަންޖެހޭ ކަމެއް ނަަމަ އެކަން އެގޮތަށް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

”ރައްޔިތުންގެ ރައްކާތެރި ކަމަށް ކޮންމެ ފިޔަވަޅެއް އަޅަން ޖެހުނަސް އަޅުގަނޑު ދެކޭ ގޮތުގައި އެ ފިޔަވަޅެއް އަޅުގަނޑުމެން ޖެހޭނީ އަަޅަން. އެއީ ކޮންމެ ފަދަ ފިޔަވަޅަކަށް ވިޔަސް. އެއީ އަޅުގަނޑުމެންގެ މައިގަނޑު މަސްދަރަކީ، ދިވެހި ރައްޔިތުން ނެތް ތަނެއްގައި އަޅުގަނޑުމެންގެ ސަރުކާރެއް ވެސް އަދި އެއްވެސް އެއްޗެއް ނޯންނާނެ. އެހެންވީމާ އެ ރައްޔިތުން ހިމާޔަތް ކުރުމަށްޓަކައި އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް މި ކަހަކަ ހާލަތްތަކުގައި މީގެ ކުރިން ވެސް ހުރީ އަޅާފައި“ ސަލީމް ވިދާޅުވިއެވެ.

ރޯގާ ފެތުރޭ ދުވަސްވަރެއްގައި އިންތިޚާބު ބާއްވާ ނަމަ، އެކަން އިތުރަށް ހަލުވިވެދާނެ ކަމުގެ ކަންބޮޑުވުން ސިއްހީ މާހިރުންނާއި ސިޔާސީ ބައެއް ފަރާތްތަކުން ވެސް އަންނަނީ ފާޅުކުރަމުންނެވެ. ނަމަވެސް ލޯކަލް ކައުންސިލް އިންތިޚާބު ބޭއްވުމަށް ކަނޑައެޅިފައިވާ ދުވަހަށް ބޭއްވުމަށް އެމްޑީޕީގެ މެންބަރުން ވަނީ ގޮވާލައްވާފައެވެ.

މީގެ އިތުރުން ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމް ވަނީ އިންތިޚާބު ފަސްކުރަން ވަނީ ގޮވާލައްވާަފައެވެ. މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑުން ދިވެހިން ރައްކާތެރިކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ފަހުގެ ތާރީޚަކަށް އިންތިޚާބު ފަސްކުރަންޖެހޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: