ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް އައި ފަތުރުވެރިއަކު ކުރެއްދޫގައި ޗުއްޓީ ހޭދަކުރުމަށްފަހު މާލެއަށް އައިއިރު ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެފައި ހުރުމާއި ގުޅިގެން މާގިރީ ހޮޓެލް ޑިސްއިންފެކްޓް ކުރުމަށްޓަކާ ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.
ރިސޯޓުގައި ނުވަތަ، ފުރަން ދިއުމަށްފަހު ދިމާވި ބައެއް ކަންތަކަށްފަހު އިޓަލީގެ އެ ފަތުރުވެރިއާ ވަނީ މިހުގެ އެއްވަނަ ދުވަހާއި ދެވަނަ ދުވަހު މާގިިރީ ހޮޓެލްގައި ވަނީ މަޑުކޮށްފައެވެ. ފަތުރުވެރިޔާ އެނބުރި ގައުމަށް ދިޔަފަހުން އޭނާ ވައިރަސްއަށް ޕޮޒިޓިވްކަން އެނގުމާއި އެކު ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ވަނީ އޭނާއާއި ކޮންޓެކްޓުވީ މީހުން ޓްރޭސްކޮށްފައެވެ. އެގޮތުން އޭނާ މަޑުކުރި ރިސޯޓުން މިހާތަނަކަށް ހަތަރު މުވައްޒަފަކަށް ވަނީ އެ ވައިރަހުގެ އަސަރުކޮށްފައެވެ. އަދި ޓެސްޓުކުރި އިތުރު ބައެއްގެ ނަތީޖާ ވަނީ ނެގެޓިވް ވެފައެވެ.
އެއަށްފަހު އެނާ މަޑުކޮށްފައިވާ މާގިރީ ހޮޓެލްއިން ކޮންޓެކްޓް ޓްރޭސިން ހެދުމަށްފަހު 13 މީހަކު ރޭ ފަރުކޮޅުފުއްޓަށް ގެންދެވުނެވެ. އެ މީހުންނާއި އެކު ފަތުރުވެރިޔާ ޓިކެޓު ބަދަލު ކުރުމަށް ދިޔަ ޔުނިވާސަލްގެ ސްޓާފްގެ ފަރާތުން އަލާމާތްތަކެއް ފެނުނުނަމަވެސް އޭނާ ވަނީ ވައިރަސްއަށް ނެގެޓިވް ވެފައެވެ.
މާގިރި ހޮޓަލުން ކޮންޓެކްޓް ޓްރޭސްކުރި މުވައްޒަފުން ފަރާތުން އެއްވެސް އަލާމާތްތަކެއް ނުފެނެއެވެ. އެހެން ނަމަވެސް އެ މީހުން އައިސޮލޭޓުކޮށްފައިވަނީ ސަލާމަތީ ސަބަބަތުތަކަށްޓަކައެވެ. ސަލާމަތީ ކަންކަން ވަރުގަދަކޮށް މާގިރީއިން ނެރުނު ނޯޓިސްއެއްގައިވާ ގޮތުން މުވައްޒަފުންނާއި ގެސްޓުން އަދި ކަސްޓަމަރުންގެ ސަލާމަތަށް އަޅާ ފިޔަވަޅެއްގެ ގޮތުން އިންކިއުބޭޝަން ޕީރިއަޑަށް ފަހު އަދި މުޅި ހޮޓަލުގެ ހުރިހާ ތަނެއް ޑިސްއިންފެކްޓް ކުރުމަށް ތަން ވަނީ ބަންދުކޮށްފައެވެ. އަދި އަންނަ ހޯމަ ދުވަހާއި ހަމައަށް ހޮޓެލް ބަންދުވާނެއެވެ.
ރާއްޖޭން މިހާތަނަށް ހަ މީހަކު ވައިރަސްއަށް ޕޮޒިޓިވްއިރު އޭގެ ތެރެއިން ހަތަރު މީހުންނަކީ ކުރެއްދޫ ރިސޯޓްގެ ދެ ބިދޭސީ މުވައްޒަފާއި އެ ރިސޯޓުގައި ތިބި ދެ ޓޫރިސްޓުންނެވެ. އެއީ އެ އިޓަލީ މީހާއާ އެކި ގޮތް ގޮތުން ކޮންޓެކްޓްވި މީހުނެވެ. ދެން ޕޮޒިޓިވް ވެފައި ވަނީ އއ. ބަތަލާ ރިސޯޓުގައި ތިބި ދެ އިޓަލީ ޓޫރިސްޓެކެވެ.

