ބަތަލާ އައިލެންޑުން ކޮރޯނާ ވައިރަހަށް ޕޮޒިޓިވްވީ އުމުރުން 70 އަހަރުގެ މީހެއް ކަމަށާއި، އޭނާއަކީ އުމުރުން ދޮށީ މީހެއް ކަމުން ޑޮކްޓަރުން ލަފާ ދެއްވީ އޭނާ ގާތުން ބެލުމަށް ލަފާދީފައިވާތީ އޭނާ ދަރުމަވަންތަ ހޮސްޕިޓަލުގައި ގާއިމުކޮށްފައިވާ ހާއްސަ ކްރިޓިކަލް ކެއާ ޔުނިޓަށް ބަދަލުކުރަން ނިންމައިފިއެވެ.
ކޮރޯނާ ވައިރަސް އާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ އުމުރުން ދުވަސް ވީ އެ މީހާއަކީ ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެގެން ސޭންޑީސް ބަތަލާ ރިސޯޓުން ކަރަންޓީނުކުރި ދެމަފިރިންގެ ތެރެއިން އެކަކު ކަމަށެވެ. އެ ދެމަފިރިންވެސް ކަރަންޓީނުކޮށްފައި ތިބީ ފަރުކޮޅުފުށީގައެވެ. މަބްރޫކު ވިދާޅުވީ ވައިރަހުގެ އަސަރު ހުރީ ހަމައެކަނި ފިރިހެން މީހާގެ ގައިގައި އެކަނި ކަމަށެވެ.
މަބްެރޫކް ވިދާޅުވީ ވައިރަސްއަށް ޕޮޒިޓިވްވެފައިވަނީ އުމުރުން ދޮށީ މީހެއް ކަމުން ޑޮކްޓަރުން ލަފާ ދެއްވަނީ ވީހާވެސް ގާތުން އޭނާގެ ކަންތައް ބެލެހެއްޓުމަށް ކަމަށެވެ. އެެހެން ކަމުން އޭނާ ދަރުމަވަންތަ ހޮސްޕިޓަލުގައި ގާއިމުކޮށްފައިވާ ފެސިލިޓީއަށް ބަދަލުކުރުމަށް ނިންމީކަމަށް މަބްރޫކް ވިދާޅުވިއެވެ.
އެކަމާއި ގުޅޭގޮތުން ބައެއް އާއްމުންގެ ހިތުގައި ސުވާލު އުފެދިދާނެތީ އައިޖީއެމްއެޗުގެ ޑޮކްޓަރު މުއާޒް މޫސާ ވިދާޅުވީ ބަލި މީހާ އަށް އައިޖީއެމްޗުގައި ފަރުވާ ދޭނީ އައިޒޮލޭޝަނުގައި ކަމަށާއި އެހެންވެ ހޮސްޕިޓަލްގެ ސްޓާފުންނާއި އާއްމުންނަށް އެއްވެސް ނުރައްކަލެއް ކުރިމަތިނުވާނެ ކަމަށެވެ. އަދި ބަލި މީހާ އޮންނަނީ މުޅިން ވަކި ތަނެއްގައި ކަމަށާއި، އެތަން ވާނީ ރެސްޓްރިކްޓެޑް އޭރިއާއަކަށް ކަމަށެވެ. އަދި ކޮންމެ ކޮންމެ މީހަކަށް އޭނާ ބާއްވާފައި އޮތް ތަނާއި ކައިރިއަށް ނުދެވޭނެ ކަމަށެވެ.
މުއާޒް ވިދާޅުވީ ބަލި މީހާ އެކެހެރި ކުރެވިފައި އޮންނާތީ ހޮސްޕިޓަލް ބޭނުންކުރާ އެހެން މީހުންނަށް އަސަރު ނުކުރާނެ ފަދަ ތަނެއްގައި ކަމަށެވެ.
އިތުރު ތަފްސީލު އަންނަނީި…

