ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަފީފް މިފަހަރު ދެއްކެވީ ސަރުކާރާއި ގުޅޭ ބޮޑު ކޮރަޕްޝަނެއްގެ ވާހަކަ!

ޝެއާރކޮށްލާ ކަހަލަދޯ؟

މި ފަހަކަށް އައިސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި، މި ސަރުކާރުގެ ވަޒީރުންނަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވަމުން ގެންދަވާ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް މި ސަރުކާރާ ގުޅޭ ބޮޑު ކޮރަޕްޝަންގެ އަމަލެއް އަފީފް ފެންމަތި ކުރައްވައިފިއެވެ.

ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ހުށަހެޅި އިސްލާހުތަކަށް ބަހުސް ކުރައްވަމުން އަފީފް ވިދާޅުވީ  ދައުލަތުގެ ހިއްސާވާ ކުންފުންޏަކުން ހެޔޮ އަގެއް ހުށަހަޅާފައި ވަނިކޮށް 25 މިލިއަން ރުފިޔާ އަގު ބޮޑުކޮށް އެހެން ބަޔަކަށް މަޝްރޫއުއެއް ހަވާލުކޮށްފައިވާ ކަމަށެވެ.

އިތުބާރުހުރި މަސްދަރަކުން ”ސަންގު ނޫހަށް“ މައުލޫމާތު ދިންގޮތުގައި ބުދަ ދުވަހުގެ ޖަލްސާގައި އަފީފް ވާހަކަ ދައްކަވާފައިވަނީ އައްޑޫގައި ތަރައްގީކޮށްފައިވާ އާ ޓާޝަރީ ހޮސްޕިޓަލް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް ފަރުނީޗަރު ފޯރުކޮށްދޭން ޕްލޭނިން މިނިސްޓްރީން ބޭރުގެ ބަޔަކަށް ހަވާލުކުރި ގޮތާއި ގުޅުންހުރި ވާހަކަތަކެކެވެ.

ކުރީގެ ސަރުކާރުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގެ ޓެންޑަރ ވަކި ބަޔަކާއި ހަވާލުކޮށްފައިވަނިކޮށް އެކަން ހުއްޓުވީ އޭސީސީންނެވެ. ނަމަވެސް މި ސަރުކާރުގައި ހަމަ އެފަރާތަކަށް އެކަން ޙަވާލުކޮށްފައިވާއިރު، އަފީފް ވިދާޅުވި ދައުލަތުގެ ކުންފުންޏަކީ އެސްޓީއޯއެވެ.

އެސްޓީއޯއަށް ވުރެ އަގުބޮޑުކޮށް 25 މިލިއަން ރުފިޔާއަށް ދީފައިވަނީ މިހާރުވެސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވަމުން ގެންދަވާ، މެންބަރެއްގެ މަސްލަހަތު އޮންނަ ކުންފުންޏަކަށްކަންވަނީ އެނގިފައެވެ.

އަފީފް ވިދާޅުވީ ކުރީގެ ސަރުކާރުގެ ވާހަކަ ދައްކާއިރު މި ސަރުކާރުގެ އަމަލުތައް ހުރި ގޮތް ވެސް ބަލައި އެކަންކަމަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށެވެ.

ދައުލަތުގެ 90 ޕަސަންޓު ހިއްސާވާ ކުންފުންޏަކުން ހެޔޮ އަގެއް ހުށަހަޅާފައި ވަނިކޮށް، އެގަށްވުރެ އެތައްގުނައެއް އަގުބޮޑުކޮށް އެހެން ކުންފުންޏަކަށް 25 މިލިއަން ރުފިޔާ އަގެއްގައި އެކަން ކުރުމަށް ހަވާލު ކޮށްފައިވާ ކަމަށެވެ. އަދި އެކަން ޙަވާލުކުރި ކުންފުންޏަކީ ކުރީގެ ސަރުކާރުން ކޮރަޕްޝަންގެ ތެރެއިން ކަންކަން ހިނގަމުން ދިޔަ ކުންފުންޏެއް ކަމަށް އަފީފް ވިދާޅުވިއެވެ.

އަފީފް ވިދާޅުވި ގޮތުގައި އެ މަޝްރޫއަށް ގެންނަން ޖެހޭ މުދާވެސް ގެނެސް އެކަންތައް ވަނީ ކޮށް ނިންމާލާފައެވެ.

”އާދެ އިއްޒަތްތެރި ރައީސް ޒީރޯ ޓޮލަރަންސް. އަޅުގަނޑުމެން އަދި ޒީރޯ ޓޮލަރަންސް އޭ ކިޔައިގެން ތިބެގެނެއް ކަމަކު ނުދާނެ. އަޅުގަނޑުމެން އެބަޖެހޭ މިކަންކަން ބަލަން ހާއްސަކޮށް މި މަޖިލީހުން އަޅުގަނޑުމެން އެބަޖެހޭ ކިހިނެތްތޯ މިކަން ހިނގާފަ އޮތީ ބަލަން ޖެހޭ،“ އަފީފް ވިދާޅުވި އެވެ.

މީގެ އިތުރުން އަފީފް ވިދާޅުވީ އެކަމާ ގުޅޭ ސިޓީ ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ވެސް ލިބިފައިވާ ކަމަށެވެ. އަދި މާލިއްޔަތު ކޮމިޓީ މެންބަރަކަށް ލިބޭ ސިޓީއެއް މާލިއްޔަތު ކޮމިޓީން ނުބެލޭ ކަމަކަށް އަފީފް ވިދާޅުވިއެވެ.

އަފީފް ވިދާޅުވީ ރައްޔިތުންނަށް ފައިދާއެއް ކުރަން އޮތީ ކަންކަން ތަންފީޒު ކުރަން ތިބޭ ފަރާތްތަކުގެ ތިބި އިހުލާސްތެރިކަމާއި ނަޒާހަތްތެރިކަމެއްގެ މައްޗަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: