ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޯދިއާއިއެކު މަސައްކަތްކުރައްވަން ތައްޔާރު: ރައީސް ޞާލިޙް

ރައީސުލްޖުމްހޫރިއްޔާއާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ. ފޮޓޯ: ހިންދުސްތާންޓައިމްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19 އާއި ދެކޮޅަށް މަސައްކަތްކުރެއްވުމަށް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުށަހެޅުއްވި ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މަރުޙަބާ ވިދާޅުވެއްޖެއެވެ.

މޯދީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑް-19 އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި، ސާކުގެ ޤައުމުތަކުގެ ވެރިން ގުޅިގެން ވަރުގަދަ ހިކުމާތެއް(ސްޓްރެޓެޖީ) އެކުލަވާލުމަށް ހުށަހަޅުއްވަމުން ގެންދަވާކަމަށާއި، މި ކަމަށްޓަކައި ވީޑިއޯ ކޮންފްރެންސެއް މެދުވެރިކޮށް ޤައުމުތަކުގެ ވެރިންނާއި މަޝްވަރާކުރައްވަން ނިންމަވާފައިވާކަމަށެވެ.

https://twitter.com/narendramodi/status/1238371182094639104?s=20

މޯދީ ކުރެއްވި ޓްވީޓަށް ޖަވާބުދެއްވައި ރައީސް ޞާލިޙް ވިދާޅުވީ، ކޮވިޑް-19 އާއި ދެކޮޅަށް ސަރަޙައްދީ ފެންވަރުގައި ކުރެވޭ ހުރިހައިކަމަކަށް ދިވެހި ސަރުކާރުގެ ފަރާތުން އެއްބާރުލުންދެއްވާނެކަމަށާއި، މިފަދަ ބޮޑު ކަމަކަށް އިސްނެންގެވީތީ ޝުކުރުއަދާކުރައްވާކަމަށެވެ.

https://twitter.com/ibusolih/status/1238399680158916608?s=20

މޯދީގެ މި ހުށަހެޅުއްވުމަށް ރައީސް ޞާލިޙް މަރުޙަބާ ވިދާޅުވެފައިވާއިރު، ސްރީލަންކާގެ ރައީސް ގޯޓާބަޔަ ރާޖަޕަކްސަ ވެސްވަނީ، މޯދީ ހުށަހެޅުއްވި ހުށަހެޅުއްވުމަށް މަރުޙަބާ ވިދާޅުވެފައެވެ. ރާޖަޕަކްސަ ކުރެއްވި ޓްވީޓްގައި ވިދާޅުވީ، މިފަދަ ވަގުތެއްގައި އެކުވެރިކަމާއި އެއްބައިވަންތަކަން ކުރިއަށްނެރެ، ރައްޔިތުންގެ ސަލަމަތާއި ރައްކާތެރިކަން ކަށަވަރުކުރަންޖެހޭކަމަށެވެ. މީގެ އިތުރުން، ސަރަޙައްދީ ހިކުމާތު އެކުލަވައިލުމުގެ މަޝްވަރާގައި ބައިވެރިވާން ތައްޔާރަށްއޮތްކަމަށެވެ.

https://twitter.com/PM_Nepal/status/1238401865370361857?s=20

ސްރީލަންކާގެ ރައީސްގެ އިތުރުން، ބޫޓާންގެ ބޮޑުވަޒީރު ލޮޓޭ ޝެރިންގއާއި ނޭޕާލުގެ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޯލީ ވެސް މޯދީގެ ހުށަހެޅުއްވުން ޤަބޫލުކުރައްވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: