ޗައިނާއިން އުފަންވެ، ދުނިޔޭގެ ގައުމުތަކުގައި ފެތުރެމުންދާ ކޮރޯނާ ވައިރަސްއަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރިި ޑްރީމްލޭންޑް މޯލްޑިވްސް ރިސޯޓްގެ ބިދޭސީއަކު ބައްޔަށް ޓެސްޓުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މިވަގުތު އެ މީހާ ހޯމް އައިސޮލޭޝަންގައި ހުރިިއިރު އެ ރިސޯޓަށް އަރާ ފޭބުން މަނާކޮށް ރިސޯޓް ދަނީ މޮނީޓާ ކުރަމުންނެވެ.
މިހާރުގެ ހާލަތަށް ބަލާއިރު ރާއްޖޭގެ 14 ރިސޯޓެއް ވަނީ މުވައްޒަފުން ފޭބުން ވަނީ މަނާކޮށްފައެވެ. އެ ރިސޯޓުތަކަކީ ޅ. ކުރެއްދޫ ރިސޯޓާއި، އއ. ބަތަލާ ރިސޯޓާއި އއ. ކުރަމަތި ރިސޯޓާއި، ކ. ސަމަ އައިލެންޑް ރިސޯޓާއި، އދ. ވިލަމެންދޫ ރިސޯޓާއި، ކ. ރީތި ރަށް ރިސޯޓާއި، ދ. އިރުވެލި ރިސޯޓާއި، ސަން ގިލި އަދި، ލ. ސިކްސް ސެންސަސް ރިސޯޓެވެ. އެއީ، މިހާތަނަށް އެކި ގޮތް ގޮތުން ކޭސްތައް ފެނިފައިވާ ރިސޯޓުތަކެވެ. އޭގެ އިތުރުން ޅ. ކުރެއްދޫ ރިސޯޓާއި، އއ. ބަތަލާ ރިސޯޓާއި އއ. ކުރަމަތި ރިސޯޓާއި، ކ. ސަމަ އައިލެންޑް ރިސޯޓާއި، އދ. ވިލަމެންދޫ ރިސޯޓާއި، ކ. ރީތި ރަށް ރިސޯޓާއި، ދ. އިރުވެލި ރިސޯޓާއި، ސަން ގިލި އަދި، ލ. ސިކްސް ސެންސަސް ރިސޯޓު ވެސް މީގެ ތެރޭގައި ހިމެނެއެވެ. އަދި ރޭ ވަނީ މީރު އައިލެންޑް ރިސޯޓާއި، ބަންޑޮސް އައިލެންޑް ރިސޯޓާއި، ޝެރަޓަން އަދި އޮޅުވެލި ރިސޯޓުވެސް ލޮކްޑައުންކޮށްފައެވެ.
މި ރިސޯޓުތަކުން ވެސް އަލާމާތްތައް ފެންނަ މީހުން ފެނިފައިވާއިރު އެމީހުންގެ ނަތީޖާތައް އަދި ނުލިބެ އެވެ.

