ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެންބިލާއި ކަރަންޓުބިލުން ރައްޔިތުންނަށް ލުޔެއްދެއްވުން ކީއްތޯ: ނިހާން

ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ނިހާން ޙަސަންމަނިކު. ފޮޓޯ: އެޑިޝަން އެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

މުޅި ދުނިޔެއަށް އެ ބަލީގެ ނުރައްކާތެރިކަމާއި ކުރިމަތިލަމުންދާ ކޮވިޑް-19 އާއި ގުޅިގެން، ރައްޔިތުންނަށް ކުރިމަތިވާނެ އިޤުތިޞާދީ ގެއްލުންތައް ކުޑަކުރުމަށްޓަކައި، ލުއިތަކެއްދެއްވުމަށް އެދި ވިލިމާލޭ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ނިހާން ޙަސަންމަނިކު ގޮވާލައްވައިފިއެވެ.

ނިހާން މިއަދު ކުރެއްވި ޓްވީޓެއްގައި އެދިވަޑައިގެންފައިވަނީ، ރައްޔިތުންނަށް ލުއިތަކެއް ހޯދައިދިނުމުގެގޮތުން، ކަރަންޓާއި ފެންބިލްތަށް ދެއްކުން ތިންމަހަށް ފަސްކޮށްދެއްވުމަށެވެ. މީގެ އިތުރުން ބޭންކް ލޯންފަދަ ކަންބޮޑުވުންތަކަށް ވަގުތީ ލުއިތަކެއް ދެއްވުމަށް ވެސް އެދިވަޑައިގަންނަވާފައިވެއެވެ.

https://twitter.com/ahmed_nihan/status/1238724970424852480?s=20

ހަމައެއާއެކު ނިހާން މިއަދު ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވީ، މަސްވެރިންނާއި، ދަނޑުވެރިންނާއި، ގެސްޓް ހައުސްތަކުގެ އޯނަރުންނާއި، ކެފޭތަކާއި، ރިއަލް އެސްޓޭޓް އަދި ކޮންސްޓްރަކްޝަން އިންޑަސްޓްރީތައް ބިނާކޮށްފައިވަނީ ބޭންކް ލޯނުތަކުންކަމަށެވެ.

މީގެ އިތުރުން ނިހާން ވިދާޅުވީ، މިއީ ސަރުކާރުން ވަރަށް ސީރިއަސްކޮށް އެހީތެރިވާންވީ ދާއިރާތަކެއްކަމަށާއި، ޤައުމު ކުރިއަށްދާނީ ބޭންކްތަކާ ޢާންމު ވިޔަފާރިތައް ސަލާމަތްވެގެންކަމަށެވެ.

https://twitter.com/ahmed_nihan/status/1238729187499765760?s=20

ނިހާން މިފަދައިން ޓްވީޓްކޮށް ކަންބޮޑުވުން ފާޅުކުރައްވާފައިވާއިރު، މީގެ ދެ ދުވަސްކުރިން ޤައުމާއި މުޚާތަބުކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގެ ވިޔަފާރިތަކާއި، ކުދި އަދި މެދުފަންތީގެ ކުންފުނިތަކަށްލިބޭ ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިވެދޭނެގޮތެއް ހޯދުމަށްޓަކައި، ރާއްޖޭގައި ހިންގާ ބޭންކްތަކާއި، އެމްއެމްއޭ އިން މަސައްކަތް ކުރަމުންދާކަމަށެވެ.

މީގެ އިތުރުން، ދިވެހި ސަރުކާރަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށްޓަކައި ލޯނާއި، ހިލޭ އެހީތައް ލިބޭނެގޮތްތައް ބައްލަވަމުން ގެންދަވާކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: