ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެ ސަރަހައްދުގެ ހޮޓާ ގެސްޓްހައުސްތަކަށް ޓޫރިސްޓުން ގެނައުން މަނާކޮށްފި

މާލެ ސަރަހައްދުގެ ހޮޓާ ގެސްޓްހައުސްތަކަށް ޓޫރިސްޓުން ގެނައުން މަނާކޮށްފި
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާވައިރަސް ފެތުރުން ހުއްޓުވުމުގެ ފިޔަވަޅެއްގެ ގޮތުން މިރޭ 12 އިން ފެށިގެން މާލެ ސަރަހައްދުގައި ހިންގާ ހޮޓާތަކާއި ގެސްޓްހައުސްތަކަށް ބޭރު ޓުރިސްޓުން ނުގެނެވޭނެ ކަމަށް އަންގައިފިއެވެ.

ވައިރަސްއާއި ގުޅިގެން އެޗްޕީއޭއިން ނެރެފައިވާ ސާކިއުލާގައި ބުނެފައިވަނީ މި ނިންމާފައިވަނީ ކޮރޯނާ ވައިރަސްއިން ރައްކާތެރިވުމަށް ގާނޫނު ނަމްބަރު 7/2012 (އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު) ގެ 34 ވަނަ މާއްދާގެ (ރ) ގެ ދަށުން ޑިރެކްޓާރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިފައިވާ ގާނޫނީ ބާރުގެ ތެރެއިން ކަމަށެވެ.

އެ އެންގުމުގައި ވާގޮތުން ރިސޯޓުތަކުން ރާއްޖޭގެ މީހުން ދިރިއުޅޭ އެއްވެސް ރަށަކުން މީހުން ދަތުރުކުރުމާއި، އެއްހެން ރަށަކުން ރިސޯޓަކަށް ދަތުރުކުރުން މިއަދުން ފެށިގެން 14 ދުވަހުގެ މުއްދަތަކަށް މަނާވާނެއެވެ.

މީގެ އިތުރުން، މާލެ ސަރަހައްދުން ގެސްޓް ހައުސްތަކާއި، ސިޓީ ހޮޓެލްތަކަށް ބިދޭސީ ފަތުރުވެރިން ޗެކްއިންވުން މަނާކޮށް އެޗްޕީއޭއިން ބުނެފައިވަނީ އެ ނިންމުން ނިންމާފައިވަނީ އާއްމު ސިއްހަތާއި ބެހޭ ގާނޫނުގެ 34 ވަނަ މާއްދާގެ ދަށުން ކަމަށެވެ. އެހެން ކަމުން، މާލެއާއި، ވިލިމާލެ އަދި ހުޅުމާލޭގައި ހިންގާ ގެސްޓް ހައުސްތަކާއި ސިޓީ ހޮޓެލްތަކަށް މިރޭ 12 އިން ފެށިގެން 14 ދުވަހުގެ މުއްދަތަކަށް ބިދޭސީ އެއްވެސް ފަތުރުވެރިއެއް ޗެކްއިން ވުން މަނާވާނެއެވެ.

އެޗުޕީއޭގެ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުނު އެންގުމުގައި ބުނެފެފައިވާ ގޮތުގައި މިހާރު މާލެ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ހޮޓާތަކުގައި ތިބި ޓޫރިސްޓުންގެ ހަދާފައިވާ ބުކިންގެ މުއްދަތުގައި އެ މީހުންނަށް ތިބެވޭނެ އެވެ.

މިއީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި މިހާތަނަށް ސަރުކާރުން އެޅި އެންމެ ބޮޑު އެއް ފިޔަވަޅުކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: