ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮލެޖްތަކާއި ޔުނިވާސިޓީތައް ބަންދުކުރަން އަންގައިފި

ކޮލެޖްތަކާއި ޔުނިވާސިޓީތައް ބަންދުކުރަން އަންގައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރޯނާ ވައިރަސްއާއި ދެކޮޅަށް އަޅަމުން އަންނަ ފިޔަވަޅުތަކުގެ ދަށުން ރާއްޖޭގެ ޔުނިވާސިޓީތަކާއި ކޮލެޖުތަކާއި ތަމްރީންދޭ ތަންތައް ބަންދުކުރަން އަންގައިފިއެވެ.

ކޮރޯނާވައިރަހާ ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާ އިރު، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިދޭ ބާރުގެ ދަށުން މިއަދު ނެރުނު އެންގުމެއްގައި ބުނެފައިވަނީ މިއަދުން ފެށިގެން ދެ ހަފްތާގެ މުއްދަތަށް ރާއްޖޭގައި ހިންގާ ޔުނިވާސިޓީތަކާއި ކޮލެޖުތަކާއި ތަމްރީނުދޭ މަރުކަޒުތައް ބަންދުކުރަން އަންގާ ކަމަށެވެ.

ޔުނިވާސިޓީތަކާއި ކޮލެޖްތައް އަދި އެހެން ތައުލީމްދޭ މަރުކަޒުތައް ބަންދު ކުރުމަށް އަންގާފައިވަނީ މިއަދުން ފެށިގެން ދެ ހަފުތާގެ މުއްދަކަށެވެ. 

ރާއްޖޭގައި ދެ ޔުނިވާސިޓީއެއް ހިންގާއިރު ގިނަ އަމިއްލަ ކޮލެޖްތަކެއް ކިޔަވައިދެ އެވެ. ރާއްޖޭގެ ސްކޫލްތައް ހުޅުވުން ވެސް ވަނީ ފަސްކޮށްފައެވެ. 

އެޗްޕީއޭއިން މިއަދު ވަނީ މާލޭ ސަރަހައްދުގެ ގެސްޓްހައުސްތަކާއި ހޮޓެލްތަކަށް ގެސްޓުން ގެނައުން ވެސް މަނާކޮށްފަ އެވެ. އަދި ރިސޯޓުތަކުން ރަށްރަށަށް މީހުން އެރުން ވެސް މަނާކޮށްފަ އެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސް ބޮޑު ބަލިމަޑުކަމަކަށް ބަދަލުވެފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ އިއުލާނުކޮށްފައެވެ. އަދި އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި ވަނީ އިއުލާނުކޮށްފައެވެ.

އަނަންތަރާ ދިގުއިން މިއަދު ފެނުނު ކޭސްއާއި އެކު ރާއްޖެއިން ފެނުނު ކޮރޯނާ ވައިރަސްގެ ޖުމްލަ އަދަދު 10 އަކަށް އަރައެވެ. ވައިރަސްއަށް ޕޮޒިޓިވް ވީ މީހުންގެ ތެރެއިން ފަސް މީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި ޗުއްޓީ ހޭދަކުރި އިޓަލީ ފަތުރުވެރިއެއްގެ ފަރާތުން ވައިރަސް ޖެހުނު މީހުނެވެ. އަނެއް ދެ ބިދޭސީންނަކީ ބަތަލާ އައިލެންޑް ރިސޯޓުގައި ތިބި ބައެކެވެ. ރާއްޖެއިން މި ބަލި ފެނުމުން، ރާއްޖޭގެ އެލާޓް ލެވަލް ވަނީ ވައިޓް އެލާޓުން ރީނދޫ އެލާޓަށް މަތިކޮށްފަ އެވެ. އެއަށްފަހު ދެން ކޮރޯނާ ވައިރަހަށް ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ ކުރަމަތި އައިލެންޑް ރިސޯޓްގައި ތިބި ދެ ފަތުރުވެރިއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: