ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްޕީއޭގެ އެންގުންތަކާއި ހިލާފްވި ދެ މީހެއްގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ފުލުހުން

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން : ފޮޓޯ ޕޮލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގައި މިހާރު ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްއަށް ޕްޒިޓިވް މީޙުން ރާއްޖެއިން ވެސް ފެނުމާއި ގުޅީގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު ހެލްތް ޕްރޮޓެކްޝަންސް އެޖެންސީ (އެޗްޕީއޭ) އެންގުން ނެރެފައިވާ އަމުރުތަކާއި ހިލާފްވި ދެ މީހެއްގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފިއެވެ. 

ކޮރޯނާ ވައިރަސްއާއި ގުޅިގެން ރާއްޖޭގައި އިއުލާން ކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަންތަކާއި ކުރިއަސް ގެންދާ ތަހުގީގުތަކާއި ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނީ މިހާތަނަށް އެޗްޕީއޭގެ އެންފުންތަކާއި ހިލާފް ވެގެން ފުލުހުން ތަހުގީގު ކުރަމުން ދަނީ ދެ މައްސަލަ ކަމަށާއި އޭގެ ތެރޭގައި އައްޑޫ ސިޓީގެ ރިސޯޓަކުން ފަތާފައި ދިޔަ މީހާގެ މައްސަލަ ހިމެނޭ ކަމަށް ފުލުހުން ބުނެފައިވެއެވެ. 

ފުލުހުން ބުނީ މިފަދަ ހާލަތެއްގައި ފުލުހުން ބޮޑަށް ބޭނުން ވަނީ މީހުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ކުރުމުގެ ބަދަލުގައި ނަސޭހަތްދީ އެޗްޕީއޭއިން އަންގާ އެންގުންތަކަށް ބޯލެންބުވުން ކަމަށާއި އަދި އެޗްޕީއޭގެ އެންގުންތަކަށް ތަބާނުވާ ކަމަށް ތުހުމަތު ކުރެވޭ ކޮންމެ ފަރާތަކީ ޖިނާއީ ތަހުގީގެއް ކުރެވޭނެ ފަރާތެއް ނޫން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ރިޔާޒް ވިދާޅުވީ، ގިނަ މީހުން އެއްތަނަކަށް ޖަމާވުން މަދުކުރުމަށް ސަރުކާރުގެ ގިނަ އިދާރާތަކުން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި، ފުލުހުންގެ އިދާރާއަށްވެސް ހާޒިރުނުވެ، ފުލުހުންނަށް މައްސަލަ ހުށަހެޅޭނެ އިންތިޒާމެއް ހަމަޖައްސަމުންދާ ކަމަށެވެ.

އެގޮތުން، ފުލުހުންނަށް ހުށަހަޅާ މައްސަލަތައްވެސް އޮންލައިންކޮށް ހުށަހެޅޭގޮތަށް، ފޯމެއް މިއަދުގެ ވަގުތެއްގައި ތައާރަފްކުރެވޭނަކަމަށް ރިޔާޒް ހާމަކުރެއްވި އެވެ.

ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ކަރަންޓީނުވާން އަންގާ އެންގުމާ ހިލާފުވާ ފަރާތްތައް 5000 ރުފިޔާ އިން ޖޫރިމަނާ ކުރަން ވެސް ވަނީ ނިންމާފައެވެ. 

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ސޮއިކުރައްވާ  ނެރުއްވި އެންގުމެއްގައި ބުނެފައިވަނީ ކޮވިޑް-19 ގެ ބަލި ޖެހިފައިވާ މީހަކު ނުވަތަ އެފަދަ ބައްޔެއް ފަތުރާ ވަސީލަތަކަށް ހުށަހެޅިފައިވާ މީހަކު އެކަހެރިކުރުމަށް އަންގަނީ އެ ބަލި އިތުރަށް ފެތުރުން ހުއްޓުވައި، އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

ހަމައެހެންމެ އެފަދަ ކޮންމެ އެންގުމަކަށް ހިލާފުވުމަކީ އާއްމު ސިއްހަތަށް ނުރައްކާވާ ހާލަތަށް މުޖުތަމައުގެ އެހެން ފަރާތްތަށް ހުށަހެޅޭނެ ކަމެއް ކަމަށްވާތީ އެފަދަ އެންގުމަކާ ހިލާފުވާ ކޮންމެ ފަރާތަކާއި މެދުވެސް ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާ ކަމަށް ބުނެފައިވެއެވެ.

އެގޮތުން އެފަދަ ފަރާތްތައް 5،000 ރުފިޔާ އިން ޖޫރިމަނާ ކުރުމާއި އަދި އެންގުންތަކާ ހިލާފުވާ ފަރާތްތަކުގެ ނަން ހާމަކުރުން ހިމެނެއެވެ.

މި އެންގުމަށް މިއަދުން ފެށިގެން އަމަލުކުރަމުން ގެންދާނެ ކަމަށްވެސް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ނެރުއްވި އެންގުމުގައި ބުނެފައިވެއެވެ. ކަރަންޓީނުކޮށްފައި ހުއްޓާ އާންމުންގެ ތެރެއަށް އެމީހަކު ނިކުތުމަކީ ކުށެއް ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވެސް މީގެކުރިން ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: