ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއަށް އަންނަ ތަރައްގީ ބަލާލުމަށް އިދިކޮޅުގެ ފަރާތްތަކަށް ދައުވަތު އަރުވަން: ސައީދު

އިކޮނޮމިކް މިިނިސްޓަރ މުހައްމަދު ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ރާއްޖޭގެ އެކި ދާއިރާތަކަށް އަންނަމުންދާ ތަރައްގީ ބަލާލުމަށް އިދިކޮޅުގެ ފަރާތްތަކަށް ދައުވަތު އަރުވާ ކަމަށް އިކޮނޮމިކް މިިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ވިލިމާލޭގައި ޓެކްސީ ލައިންގެ ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ސައީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވީއިރު ގައުމު އޮތް ހާލަތު އަބަދު ތަކުރާރު ނުކުރި ނަމަވެސް ވަރަށް ރަނގަޅަށް އެނގޭނެ ކަމަށެވެ. އެހެންނަމަވެސް އެ ހަލާތަށް ގައުމު ވައްޓާލި މީހުން އެކަން ހަދާނުގައި ނެތް ކަމަށާއި އަދި ރާއްޖެ ބަނގުރޫޓް ވެފައިވާ ހާލަތު ވެސް އެމީހުންނަށް ނޭނގޭ ކަމަށް ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ މިއަދު ގައުމުގެ ހާލާތު އޮތް ގޮތުގެ ވާހަކަ ދައްކަވަނީވެސް އެމީހުން ކަމަށެވެ. އަދި އެމްޑީޕީގެ މެމްބަރުންނަށް މިއަދު ގައުމަށް އަންނަ ކުރިއެރުން ބެލުމަށް ދައުވަތު އަރުވާ ކަމަށް ވިދާޅުވިއެވެ. ސައީދު ވިދާޅުވީ މިއަދު ރަސްމާލެވެސް ހިއްކަމުން ދާ ކަމަށާއި، ބޯހިޔާވަހިކަމުގެ އެތައް މަޝްރޫއެއް ކުރިއަށް ދާ ކަމަށެވެ.

”މިއަދު ރައީސްގެ މެނިފެސްޓޯގައި ވައުދުތައް ކަނޑައަޅައިގެން ކުރިއަށް ގެންދަވަނީ ވަރަށް ދެފުއްފެންނަ ގޮތަށް އެކަން ކުރައްވަމުން. އަދި މިއާއިއެކު ހުރިހާ ރަށެއްގެ ކައުންސިލް އިމާރާތްތައް ގާތްގަނޑަކަށް އެޅުމުގެ މަސައްކަތްތައް އެ ދަނީ އަދި ޕޮލިސް ސްޓޭޝަންތައްވެސް އެޅުމުގެ މަސައްކަތްތައް އެ ދަނީ، އޭޓީއެމްތައް ބަހައްޓާ ނިމިއްޖެ“

އޭނާ ވިދާޅުވީ މިއަދު ރާއްޖޭގެ ޓްރާންސްޕޯޓް ވިއުގަ އިތުރަށް ހަރުދަނާ ވަމުންދާ ކަމަށާއި، ބޭންކިންގ ވިއުގަ އިތުރަށް ހަރުދަނާވެ ވިޔަފާރީގެ ދާއިރާ މިހާރު އޮތީ އޭރު އޮތް ހާލަތުން ރަނގަޅު ހާލަތަކަށް ގެނެވިފައި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: