ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމު ސަލާމަތުން އޮތުން މުހިންމު، ސަރުކާރެއް ދިފާއު ކުރަންޖެހޭނީ ވެސް ވަކިވަރަކަށް: ޒިޔާދު

ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު ހަސަން ޒިޔާދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުން މަޖިލީހަށް ހުށަހަޅާ ބިލްތައް އެކަށީގެންވާ ވަރަށް ދިރާސާނުކޮށް ފާސްކުރުމަކީ ސަގާފަތަކަށް ވެގެން ނުވާނެކަމަށާއި، ސަރުކާރު ދިފާއުކުރުމުގެ ނަމުގައި މަޖިލީހުގެ ކަރާމާތް ނަގާލައިގެން ނުވާނެކަމަށް ވައިކަރަދޫ ދާއިރާގެ މެމްބަރު ހަސަން ޒިޔާދު ވިދާޅުވެއްޖެ އެވެ.

އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލާމެދު އަލުން ވިސްނުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މައްސަލަ މަޖިލީހަށް ބަލައިގަނެ، އަލުން ދިރާސާކުރުމަށް ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.

މިދިޔަ މޭއި މަހު ފާސްކުރި މި ބިލު ތަސްދީގު ނުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ބިލު އަނބުރާ ފޮނުވާލެއްވީ މަޖިލީހުން ބިލަށް ގެނައި ބައެއް ބަދަލުތަކުގެ ސަބަބުން، ޤާނޫނު ތަންފީޒުކުރުމުގައި އަމަލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށް ފެނިވަޑައިގަންނަވާތީއެވެ.

ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި ސިޓީގައި ފާހަގަކުރައްވާފައިވާ އެންމެ މުހިންމު ކަންބޮޑުވުމަކީ، ގުނަވަން ހަދިޔާކުރާ މީހުންގެ ޝަރުތުތަކަށް ގެނައި ބަދަލެވެ. ސަރުކާރުން ބިލު ހުށަހެޅިއިރު، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނާއި ޖަލު ހުކުމް ތަންފީޒުކުރާ މީހުންނަށް ގުނަވަން ހަދިޔާ ނުކުރެވޭ ގޮތަށް އޮތް ނަމަވެސް، މަޖިލީހުން ވަނީ އެ އުސޫލު އުނިކޮށްފައެވެ.

ބިލު އަނބުރާ ފޮނުވާލުމުން އެކަމަށް ފާޑުކިއުން އަމާޒު ކުރައްވައި ޒިޔާދު ވިދާޅުވީ، 48 އަހަރުވީ ރަސްކަން ނިމުމަކަށް އައި ހިސާބުން ފެށިގެން، ރާއްޖޭގައި އުފެދުނު ކޮންމެ ވެރިކަމެއް ނިމުމުގެ އަސްލަކީ ”ޅިޔަންފަހަރިން“ ކަމަށެވެ. އަދި ވެރިކަންތައް ފުނޑުފުނޑުކޮށްލާ ކަތުރުފަންޏަކީ ވެސް އެއީކަމަށާއި، މިއަދު ރަސްކަން ނެތް ނަމަވެސް ގައުމުގެ ތެރެއިން ފެންނަމުންދާ މަންޒަރަކީ އެއީކަމަށް ޒިޔާދު ވިދާޅުވި އެވެ.

ޒިޔާދު ވިދާޅުވީ، ސަރުކާރުން ފޮނުވާ ބިލެއް މަޖިލީހަށް އައުމަކީ މައްސަލައެއް ނޫންކަމަށާއި، މައްސަލައަކީ އެއްވެސް މިންވަރަކަށް ކޮމިޓީގައި ބިލާއި މެދު ވިސްނައި މަޝްވަރާކޮށް ބަހުސެއް ކުރެވިފައި ނެތުން ކަމަށެވެ. އަދި ސަރުކާރުން ފޮނުވާ ބިލުތައް ކޮމިޓީން ނިންމައި، އެގޮތަށް ތަޅުމުން ފާސްކުރުމުން ރައީސުލްޖުމްހޫރިއްޔާ އެ ބިލެއް ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުވާލުމަކީ ސަގާފަތަކަށް ވެގެން ނުވާނެ ކަމަށެވެ.

މިތާ ކޮމިޓީތައް ހިނގާ ގޮތް އިއްޒަތްތެރި ރައީސަށް އެނގިވަޑައިގަންނަވާނެ. އެހެންނަމަވެސް، މިއަދު މި ފެންނަނީ ސަރުކާރުން ފޮނުވާ ބިލެއް ދިރާސާކޮށްފައި ފޮނުވީމާ، އަނބުރާ ރައީސުލްޖުމްހޫރިއްޔާ އެ ބިލް މިތަނަށް ފޮނުވާލާ މަންޒަރު. މިއީ ސަގާފަތަކަށް ވެގެން ނުވާނެ

ޒިޔާދު ވިދާޅުވީ ވަޒީރުން އެއް ތަނުން އަނެއް ތަނަށް ބަދަލުކުރުމާއި، ބިލްތައް ބޭނުންވާހާ ގޮތަށް ފޮނުވުމަކީ ބަލައިގަނެވޭނެކަމެއް ނޫން ކަމަށެވެ.

އެހެންނަމަވެސް އަޅުގަނޑުމެން މަޖިލީސް މެންބަރުން ބޮލާފޮށާ އަޅައިގެން ސަރުކާރެއް ރީތިކުރަން އުޅެން ވެއްޖެއްޔާ އަޅުގަނޑުމެންނަށް ނުފެންނަންވާ ތަންތަން ވެސް ފެންނާނެ.. އެހެންވީމާ އަޅުގަނޑުމެން ބޮލާފޮށާ ނޭޅިއަސް އަޅުގަނޑުމެން ސަލާމަތުގައި ތިބެގެން ސަރުކާރެއް ދިފާއުކުރައްވަންޖެހޭނީ.. މިވަރަށް ވާކަށް ނުޖެހޭނެ.. ލޯބިވާން ވާނީ ވެސް ހިތަށް ކުޅަދާނަ މިންވަރަށް

މަޖިލީހުގެ ރައީސަކީ ދައުލަތުގެ ވަކި ބާރެއްގެ ވެރިޔާކަން ފާހަގަކުރައްވައި ޒިޔާދު ވިދާޅުވީ، މަޖިލީހުގެ އިއްޒަތާއި ކަރާމާތް ހިފެހެއްޓުމަކީ ރިޔާސަތުގެ ޒިންމާއެއް ކަމަށެވެ. އަދި ސަރުކާރުން ފޮނުވާ ބިލެއްގައި ހުރި މައްސަލަތަކެއްގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާ އެ ބިލް އަނބުރާ ފޮނުވާލުމަކީ މަޖިލީހުގައި ހަޅޭއްލަވައި ޒުވާބުކުރަންޖެހޭ ވަރުގެކަމެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން ޒިޔާދު ވިދާޅުވީ އެމްޑީޕީ އަކީ ނުވަތަ އިދިކޮޅު ޕާޓީއަކީ ސަރުކާރާއި ދެކޮޅުވެރިން ނޫންކަމަށާއި އެއީ ސަރުކާރަށް އެއްބާރުލުން ދޭ ވާދަވެރިން ކަމަށެވެ. އަދި ވިދާޅުވީ މަޖިލީހުގެ އެންމެ ބޮޑު ޒިންމާއަކީ ގާނޫނު ހެދުމާއި ސަރުކާރު ޖަވާބުދާރީ ކުރުވުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: