ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ގްލޯބަލް ޓޫރިޒަމް ކްރައިސިސް ކޮމިޓީ“ އަށް، ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ޢައްޔަންކުރައްވައިފި

ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު. ފޮޓޯ: އެޑިޝަންއެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

”ގްލޯބަލް ޓޫރިޒަމް ކްރައިސިސް ކޮމިޓީ“ އަށް، ދިވެހިރާއްޖޭގެ ޓޫރިޒަމް މިނިސްޓަރު އަދި ސައުތު އޭޝިއާ ރީޖަނަލް ކޮމިޝަންގެ ޗެއަރ ޢަލީ ވަޙީދު ޢައްޔަންކުރައްވައިފިއެވެ.

”ގްލޯބަލް ޓޫރިޒަމް ކްރައިސިސް ކޮމިޓީ“ އަށް، މިނިސްޓަރު ޢަލީ ވަޙީދު ޢައްޔަންކުރައްވައިފައިވަނީ، ދުނިޔޭގެ ފަތުރުވެރި ޖަމްޢިއްޔާ ނުވަތަ ވޯލްޑް ޓުއަރިޒަމް އޯގަނައިޒޭޝަން (ޔޫއެންޑަބްލިއުޓީއޯ) އިންނެވެ.

https://twitter.com/UNWTO/status/1242040588301713408?s=20

”ގްލޯބަލް ޓޫރިޒަމް ކްރައިސަސް ކޮމިޓީ“ އަކީ ކޮވިޑް-19 އާއި ގުޅިގެން، ދުނިޔޭގެ އެކިއެކި ޤައުމުތަކުގެ ފަތުރުވެރިކަމަށް ސިނާޢަތަށް ކުރިމަތިވާނެ ގޮންޖެހުންތައް ދިރާސާކޮށް، އެ ކަންކަމަށް ޙައްލެއް ގެނައުމުގެ މަޤުޞަދުގައި ޔޫއެންޑަބްލިވއުޓީއޯއިން އެކުލަވާލައިފައިވާ ކޮމެޓީއެކެވެ.

ދުނިޔޭގެ 192 ޤައުމަކުން ކޯވިޑް-19 ފެނިފައިވާއިރު، މި ވައިރަސް ފެތުރުނަ ނުދިނުމަށްޓަކައި، ދުނިޔޭގެ ޤައުމުތަކާއި، އެކިއެކި ޖަމްޢިއްޔާތަކުން އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. ކޯވިޑް-19 އިގެ ސަބަބުން، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ހީނަރުވަމުންދާއިރު، ސަރުކާރުން އަންނަނީ، އެހެނިހެން ޤައުމުތަކުގެ ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރަމުންނެވެެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: