ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވައިރަހާއި ގުޅިގެން ރާއްޖެ ގޮސްފައިވާ ހާލަތާއި، ބޭނުންވާ އެހީތަކާއި ގުޅޭގޮތުން ގައުމުތަކާއި މަޝްވަރާކޮށްފި

ވައިރަހާއި ގުޅިގެން ރާއްގެ ގޮސްފައިވާ ހާލަތާއި ބޭނުންވާ އެހީތަކާއި ގުޅޭގޮތުން ގައުމުތަކާއި މަޝްވަރާކޮށްފި
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާ ވައިރަސްގެ ނުރައްކާ ރާއްޖެއަށް ވެސް ބޮޑުވަމުން އަންނައިރު މި ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގެ ހާލަތު ބޭރު ދުނިޔެއަށް ހާމަކޮށްދީ، އެހީތެރިކަން ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް ފޮރިން މިނިސްޓްރީއިން ބުނެފިއެވެ.

ކޮރޯނާ ވައިރަސްއާއި ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ވަރަށް ބޮޑެތި ލޮޅުންތަކެއް އަންނާނެކަމަށް ދާއިރާގެ މާހިރުން ދަނީ ލަފާކުރަމުންނެވެ. އަދި ދުނިޔޭގެ މުއްސަނދި އެތައް ގައުމަކުންވެސް އެ އަސަރު ފެންނަން ފަށާފައިވާއިރު ރާއްޖެއިން އެއާއި ދެކޮޅަށް އަޅަންޖެހޭ ފިޔަވަޅުތައް ވެސް ވަރުގަދަވާންޖެހޭކަން ބައެއް ވިޔަވާރިވެރިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، ސަރުކާރުން ދަނީ މި ދަނޑިވަޅުގައި ހަރަދުކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް ވެސް އަޅުއްވަމުންނެވެ.

ރާއްޖެފަދަ ކުޑަގައުމަކަށް، އެހެން ގައުމުތަކުގެ އެހީ ބޭނުންވާއިރު ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގެންދަވަނީ ގައުމުތަކުގެ އިސްވެރިންނާ ގުޅުއްވާ، ކޮވިޑް އާ ގުޅިގެން ރާއްޖެއިން އަޅަމުން ގެންދާ ފިޔަވަޅުތަކާއި، ރާއްޖޭގެ ހާލަތު އަދި އެހީތެރިކަން ބޭނުންވާ ދާއިރާތަކުން އެހީތައް ހޯދުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވަމުންނެވެ. މަޝްވަރާ ކުރި ގައުމުތަކުގެ ތެރޭގައި ސްރީލަންކާ، ޕާކިސްތާން، ނޯވޭ އަދި ގެންބިއާގެ ހިމެނެއެވެ.

ންކާގެ ޚާރިޖީ ވަޒީރު ދިނޭޝް ގުނަވަރުދަނަ އާއި ފޯނުން ވާހަކަދައްކަވަމުން މިނިސްޓަރ ޝާހިދު ވަނީ ސްރީލަންކާއަކީ ދިވެހިންގެ ”ދެވަނަ ވަޒަން“ކަމުގައި ދެކޭ ޤައުމެއްކަން ފާހަގަކުރައްވައި، އެޤައުމުގައި ތިބި ދިވެހިންނަށް ސްރީލަންކާއިން ފޯރުކޮށްދޭ މެހުމާންދާރީއަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ރާއްޖޭގައި މިވަގުތު ތިބި ސްރީލަންކާ ރައްޔިތުންގެ ޙާލު ދިވެހި ސަރުކާރުން ބަލަމުން ގެންދާނެކަމުގެ ޔަޤީންކަން ލަންކާގެ ފޮރިން މިނިސްޓަރަށް، ޝާހިދު އެރުވިއެވެ. އެގޮތުން ލަންކާގެ ޑޮކްޓަރުންގެ ޓީމެއް ރާއްޖެއަށް ފޮނުވަން ތައްޔާރަށް އޮތް ކަމުގައި ވިދާޅުވިއެވެ.

މުޅި ދުނިޔޭގައިވެސް އަދި ދެކުނު އޭޝިއާ ސަރަހައްދުގައިވެސް ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާކަން ފާހަގަކުރައްވައި، މިބައްޔާ ދެކޮޅަށް ލަންކާ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަށް ޝާހިދު ތައުރީފްކުރެއްވިއެވެ. އަދި ޙާލަތު ތަންދިން މިންވަރަކުން މިދަނޑިވަޅުގައިވެސް ދެޤައުމުގެ މެދުގައި ސޮއިކުރެވިފައިވާ ވިސާގެ އެއްބަސްވުންތައް ދަމަހައްޓަމުން ގެންދިޔުމަށް ދެ ބޭފުޅުންވެސް އެއްބަސްވެވަވަޑައިގެންނެވިއެވެ.

ޕާކިސްތާނުގެ ފޮރިން މިނިސްޓަރު މަގްދޫމް ޝާހް މަހްމޫދު ގުރޭޝީއާއި ފޯނުން ގުޅުއްވައި، ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމާ ބެހޭ ގޮތުން މަޝްވަރާކުރައްވާ ޝާހިދު ވަނީ ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭން އަޅަމުންދާ ފިޔަވަޅުތަކުގެ ތަފްޞީލް ދެއްވާފައެވެ. އަދި ނޯވޭގެ ޚާރިޖީ ވަޒީރު ވަނީ ކޮވިޑް-19 އާއި ދެކޮޅަށް އެޤައުމުން އަޅަމުންދާ ފިޔަވަޅުތަކާ އެޤައުމުގެ ތަޖުރިބާ ރާއްޖެއާ ހިއްސާކުރުމަށް އެއްބަސްވެވަޑައިގެންފައެވެ. އަދި ބޭނުންވެއްޖެ ހިނދެއްގައި ނޯވޭއަށް ފޯރުކޮށްދެވުނު އެހީތެރިކަމެއް މިދަނޑިވަޅުގައި ރާއްޖެއަށް ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން އެކަމަނާ ވަނީ ޝާހިދަށް އަރުވާފައެވެ. އަދި ފަތުރުވެރިކަމާއި އިމްޕޯޓަށް ބަރޯސާވެފައިވާ ދިވެހިރާއްޖޭގެ އިގްތިސާދަށް ކޮވިޑް-19 ގެ ސަބަބުން ކުރަމުންދާ އަދި ކުރާނެ އަސަރުތަކާއި ބެހޭ ގޮތުން މިނިސްޓަރު ޝާހިދު ވަނީ ޕާކިސްތާނުގެ ފޮރިން މިނިސްޓަރަށް މައުލޫމާތު ދެއްވާފައެވެ. އަދި ކޮވިޑް-19 އިން ރައްކާތެރިވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ވެސް ހިއްސާ ކުރެއްވިއެވެ.

މި ދަނޑިވަޅުގައި ޕާކިސްތާނު ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދެއްވާ އެހީތެރިކަމަށާއި، ހާއްސަކޮށް ޕާކިސްތާނުގައި މިވަގުތު ތިބި ދިވެހި ދަރިވަރުންގެ ކަންކަން ބަލަހައްޓަވާ ކަމަށްޓަކައި ޕާކިސްތާނުގެ ސަރުކާރަށް މިނިސްޓަރު ޝާހިދު ވަނީ ޝުކުރު އަދާކުރައްވާފައެވެ. އަދި މިވަގުތު ރާއްޖޭގައި ތިބި ޕާކިސްތާނުގެ ރައްޔިތުންގެ ހާލުވެސް ދިވެހި ސަރުކާރުން ކައިރިން ބަލަމުންދާނެކަމުގެ ޔަގީންކަން ޕާކިސްތާނުގެ ފޮރިން މިނިސްޓަރަށް ދެއްވާފައެވެ.

ފޯނުން ދެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި މިނިސްޓަރ ޝާހިދު ވަނީ ދާދިފަހުން ސާކް ޤައުމުތަކުގެ ވެރިންގެ މެދުގައި ބޭއްވުނު ވީޑިއޯ ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ހުށަހެޅުއްވި ކަންތައްތަކަށް އަނެއްކާވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ސަރަހައްދީ ޤައުމުތަކުގެ ސިއްހީ އަދި ކުއްލި ޙާލަތާއި ބެހޭ އިދާރާތަކުގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކޮށް، އެކުގައި މަސައްކަތްކުރުމުގެ އޮނިގަނޑެއް އެކުލަވާލުމުގެ މުހިއްމުކަމާއި، ކޮވިޑް-19ގެ ސަބަބުން ލިބޭ ގެއްލުންތަކުން އަރައިގަތުމާ ބެހޭ ގޮތުން މިނިސްޓަރ ޝާހިދު ވާހަކަފުޅު ދެއްކެވިއެވެ.

އަދި ކޮވިޑް-19 ފަންޑަށް ރާއްޖެއިން 2 ލައްކަ ޑޮލަރު ފޯރުކޮށްދެއްވަން ރައީސުލްޖުމްހޫރިއްޔާ ނިންމެވިކަން ފާހަގަކުރައްވައި، ސާކް ޑިވެލޮޕްމަންޓް ފަންޑުގައި ހުރި ފައިސާއިން 5 މިލިއަން ޑޮލަރު ކޮވިޑް-19 އާއި ގުޅިގެން ހޭދަކުރުމަށް ނިންމި ނިންމުމަށް ރާއްޖެއިން މަރުޙަބާކިޔާ ކަމަށް މިނިސްޓތަރ ވިދާޅުވިއެވެ.

ދެބޭފުޅުންވެސް ވަނީ ރާއްޖެއާއި ޕާކިސްތާނާ ދެމެދު އޮންނަ ޒަމާންވީ އަޚުވަންތަ ގުޅުން އިތުރަށް ހަރުދަނާކުރުމާ ބެހޭ ގޮތުން މަޝްވަރާކުރައްވާފައެވެ. އަދި މިނިސްޓަރ ޝާހިދު ވަނީ ޕާކިސްތާން ދުވަހުގެ މުނާސަބަތުގައި ފޮރިން މިނިސްޓަރ ޤުރޭޝީއަށް ތަހުނިޔާ ވިދާޅުވެފައެވެ.

ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ޤުރޭޝީއަށް ފަސޭހަފުޅު ވަގުތެއްގައި ރާއްޖެއަށް ވަޑައިގަތުމަށް މިނިސްޓަރ ޝާހިދު ވަނީ ދައުވަތު އަރުވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: