ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިނގިރޭޓު ގަންނަން އޮޅުވެލި ރިސޯޓަށް ފަތާފައި ދިޔަ މީހަކު ހައްޔަރުކޮށް، ބަންދަށް 15 ދުވަސް!

ސިނގިރޭޓު ގަންނަން އެއް ރިސޯޓުން އަނެއް ރިސޯޓަށް ފަތާފައި ދިޔަ މީހަކު މޫދުގައި އޮއްވާ ހައްޔަރަށް!
ޝެއާރކޮށްލާ ކަހަލަދޯ؟

ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ބޭނުން ކުރާ ފަން އައިލެންޑް ރިސޯޓުން އޮޅުވެލި ބީޗް ރިސޯޓަށް ފަތާފައި ދިޔަ މީހަކު ހައްޔަރު ކޮށްފި އެވެ.

މައްސަލައާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ ކަރަންޓީން ފެސިލިޓީއެއްގެ ގޮތަށް ބޭނުންކުރާ ފަން އައިލެންޑުން ކައިރީގައި އޮންނަ އޮޅުވެލި ބީޗް ރިސޯޓަށް މީހަކު ރޭ ފަތާފައި ދިޔަކަމުގެ މައުލޫމާތު ލިބުމުން އޮޅުވެލި ބީޗް ރިސޯޓު ކައިރިން މޫދުގައި އޮއްވާ އޭނާ ހޯދައި، ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އޭނާއަކީ ފަން އައިލެންޑް ރިސޯޓުގެ މުވައްޒަފެއް ކަމަށާއި އޭނާ އޮޅުވެއްޔަށް ދިޔައީ ސިނގިރެޓް ގަންނަން ކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

20 އަހަރުގެ އެ މީހާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ކ. މާފުށީ މެޖިސްޓްރޭޓް ކޯޓުން ައިތުރުކޮށްފައިވާއިރު އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރީ ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖްރާއާތުގެ ގަވާއިދުގެ ދަށުން އޭނާ ކޯޓަށް ހާޒިރު ކުރުމެއް ނެތި އެވެ. 

ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖްރާއާތުގެ ގަވާއިދު ބުނާގޮތުން ގައިން ގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ހުރި މީހުން ކޯޓަށް ހާޒިރު ކުރުމެއް ނެތި، ހަމައެކަނި ހުށަހަޅާ ލިޔުންތަކުގެ މައްޗަށް ބިނާކޮށް އެފަދަ މީހުންގެ ބަންދާ މެދު ގޮތެއް ނިންމިދާނެ އެވެ. އެކަމަކު އެ ހާލަތު ނިމުމުން އޭނާ އަވަހަށް ކޯޓަށް ގެންދަން ޖެހޭނެ އެވެ.

ކޮރޯނާ ވައިރަސް އާއި ގުޅިގެން ރާއްޖެއިން އަޅަމުންދާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ދަށުން، ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އެއް ރަށުން އަނެއް ރަށަށް ދިއުން ވަނީ މަނާކޮށްފައެވެ. އަދި މީގެ ކުރިން މުވައްޒަފުން ކައިރި ރަށްތަކަށް އޮފްޑޭއަށް ދާއިރު އެކަން ވެސް ކުރުން މިހާރު ވަނީ މަނާކުރެވިފައެވެ. އާއްމު ސިއްހަތު ގާނޫނުގެ ދަށުން، ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާއިރު އެ އެންގުމުގެ ދަށުން އަޅާ ފިޔަވަޅުތައް ވެސް ވަނީ ވަރުގަދަކުރެވިފައެވެ.

ރިސޯޓުން ފުރުން މަނާކޮށްފައިވަނިކޮށް ދިމާވި މިއީ ހަވަނަ މައްސަލައެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް އާއްމު ސިއްހީ ކުއްލި ހާލަތު އިއުލާނުކޮށް، ސަރުކާރުން ދަނީ ވަރުގަދަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން، ސްކޫލްތަކާއި، ސަރުކާރުގެ އޮފީސްތަކާއި، ކުޅިވަރުކުޅޭ ތަންތަން ދެ ހަފްތާއަށް ބަންދުކޮށްފައިވާއިރު، ކެފޭ އަދި ރެސްޓޯރަންޓުތަކުގައި ތިބެގެން ކެއުން ވެސް މިއަދުން ފެށިގެން ވަނީ މަނާކޮށްފަ އެވެ.

އަދި ފަތުރުވެރިން ފިޔަވައި، ރާއްޖެއަށް އަންނަ ހުރިހާ މީހުން، ކަރަންޓީނުކުރަމުން ގެންދާއިރު، އެ ވައިރަހަށް ޓެސްޓުކުރާ މިންވަރުވެސް ސަރުކާރުން ވަނީ ވަރަށް ބޮޑުތަނުން އިތުރުކޮށްފަ އެވެ. އެ ބައްޔަށް ޕޮޒިޓިވްވި މީހަކު ނުފެންނަތާ، ހަފްތާއެއްވެފައިވާއިރު، މިއީ ހަމަޖެހިލައިގެން ތިބެންވީ ވަގުތެއް ނޫން ކަމަށް ސަރުކާރުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ. އަދި ގެއިން ނިކުމެ ނޫޅުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ކޮރޯނާ ވައިރަސްއަށް ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވީ 13 މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރެއިން ފަސް މީހަކު ބަލިން ރަނގަޅުވެފައިވާކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: