ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަނަފަރު ރިސޯޓުން ކޮވިޑް19 އަށް ޝައްކު ކުރެވޭ ދިވެއްސަކު ޓެސްޓު ކުރަނީ

މަނަފަރު ރިސޯޓް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރެގެން ޖޭ.އޭ މަނަފަރު ރިސޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގައިފިއެވެ.

ހެލްތް ޕްރޮޓެކްޝަންސް އެޖެންސީ (އެޗްޕީއޭ) އިން ބުނީ  ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ހުރެގެން ހއ. އަތޮޅުގައި ހިންގާ ޖޭއޭ މަނަފަރު މޯލްޑިވްސް ރިސޯޓުން ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އަދި ޓެސްޓްގެ ނަތީޖާ ލިބެންދެން އެރިސޯޓު ވަނީ މޮނިޓަރިންގްއަށް ލެވިފައި ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. 

މަނަފަރު ރިސޯޓުގެ އިތުރުން މި ވަގުތު މީހުން އަރައި ފޭބުން މަނާ ކޮށްފައިވާ އަނެއް ރަށަކީ ރީތި ބީޗް ރިސޯޓެވެ.

ކޮވިޑް-19 އަށް ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވީ 13 މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރެއިން ފަސް މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: