ކޯވިޑް-19 އިން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަލުތަކުގެތެރެއިން، ވިލިމާލެގެ މަގުތައް ޑިސްއިންފެކްޓްކުރުމުގެ މަސައްކަތްފަށައިފިއެވެ.
އެމްއެންޑީއެފުން މިއަދުކުރި ޓްވީޓެއްގައިވަނީ، އެމްއެންޑީއެފާއި މާލޭ ސިޓީ ކައުންސިލް ގުޅިގެން، ވިލިމާލޭގެ މަގުތަކުން ޖަރާސީމު ނައްތާލުމުގެ މަސައްކަތް މިއަދު ފަށާފައިވާކަމަށެވެ. މި މަސައްކަތް ކުރެވެމުންދަނީ، އެމްއެންޑީއެފުގެ ފަޔަރ އެންޑް ރެސްކިއު ސާވިސްއިންކަމަށް އެމްއެންޑީއެފުން ހާމަކޮށްފައިވެއެވެ.
ކޮރޯނާ ވައިރަހުން ރައްކާތެރިވުމުގެ ގޮތުން އެމްއެންޑީއެފުންވަނީ މި މަހުގެ 24 ވަނަ ދުވަހުގައި މާލޭގެ މަގުތަށް ޑިސްއިންފެކްޓްކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ. މިގެ އިތުރުން ހުޅުމާލޭގެ މަގުތައް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތްތައް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މަގުތައް ޑިސްއިންފެކްޓްކުރުމަށް ކްލޮރިންފެން ބޭނުންކުރަމުންދާއިރު، މާލޭ ސިޓީ ކައުންސިލުން ބުނީ، ޑިސްއިންފެކްޓްކުރުމުގެ މަސައްކަތްތައް މި ގޮތަށް ކުރިއަށް މިގެންދަނީ އެޗްޕީއޭގެ ލަފަޔާއި އެއްގޮތްވާގޮތުގެ މަތިންކަމަށެވެ. މީގެ އިތުރުން މާލެ ސިޓީ ކައުންސިލުން ބުނީ، މި ކަންތައް ކުރިއަށް މިގެންދަނީ، އެންވަޔަރަމެންޓް މިނިސްޓްރީއާއި ވެސް މަޝްވަރާކުރުމަށްފަހު، ތިމާވެށްޓަށް ގެއްލުން ނުވާނެގޮތަށްކަމަށެވެ.
މަގުތައް ޑިސްއިންފެކްޓު ކުރުމަށް ކްލޮރިން ފެނުން މަގުތައް ދޮންނަމުންދާއިރު މާލޭ ސިޓީ ކައުންސިލުން ބުނީ އެކަންތައް ކުރަނީ އެޗްޕީއޭގެ ލަފާގެ މަތިން އެންވަޔަރަމެންޓް މިނިސްޓްރީ އާވެސް ވާހަކަ ދައްކައި ތިމާވެއްޓަށް ގެއްލުން ނުވާނެ ގޮތަކަށް ކަމަށެވެ.

