އަށާރައަހަރުންދަށުގެ އަންހެން ކުއްޖަކަށް ޖިންސީގޯނާކުރި މައްސަލައެއް އަނެއްކާވެސް ފެންމަތިވެއްޖެއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ، ޢުމުރުން 61 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ. ފުލުހުން ބުނީ، މި މީހާއަކީ، ސައުތު ސެންޓްރަލް ޕޮލިސް ޑިވިޜަންގެތެރޭގައި ހިމެނޭ، ތ.އަތޮޅު އަދި ލ.އަތޮޅުގެ ރަށްތަކުގެތެރެއިން ރަށެއްގެ މީހެއްކަމަށާއި، އިއްޔެގެ ވަގުތެއްގައި އޭނާ ހައްޔަރުކޮށްފައިވާކަމަށެވެ.
މި މައްސަލަ މިހާރު ތަޙުޤީޤުކުރެވެމުންދާކަމަށް ވެސް ފުލުހުންވަނީ ހާމަކޮށްފައެވެ.
ކުޑަކުދިންނަށްކުރާ މިފަދަ އަނިޔާތަކަކީ، ވަރަށް ސީރިއަށްކޮށް ބަލަމުންގެންދާ މައްސަލަތަކެއްކަން ފުލުހުންވަނީ ހާމަކޮށްފައެވެ.

