ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސް ދޯންޏަކުން 72 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެ 11 ދިވެހިން ހައްޔަރު ކޮށްފި

ފުލުހުން އަތުލައިގަތް މަސްތުވާތަކެތި
ޝެއާރކޮށްލާ ކަހަލަދޯ؟

މަސް ދޯންޏެއްގެ ތެރެއިން72 މިލިޔަން ރުފިޔާގެ މަސްރުވާތަކެއްޗާއިއެކު11 ދިވަހިން ހައްޔަރުކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޕޮލިސް ސާވިސްއިން ހާމަކޮށްފިއެވެ. 

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ ޑްރަގް އިންޓެލިޖެންސް ޑިޕާޓްމަންޓާއި ޑްރަގް އެންފޯސް ޑިޕާޓްމަންޓާއި މެރިން ޕޮލިސް އިން ހިންގި އޮޕަރޭޝަނެއްގައި މަސް ދޯންޏަކުން 72 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ފުލުހުން އަތުލާގެންފައިވާ ކަމަށެވެ. 

ސީޕީ  ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަސް ދޯންޏަކުން އަތުލައިގެންފައިވަނީ 61.06 ކިލޯގެ ހެރޮއިން ކަމަށާއި މިތަކެތީގެ އަގު 72 މިލިއަން ރުފިޔާއަށް އަރާ ކަމަށެވެ. 

https://twitter.com/M_Hameedh/status/1243037305230602240

މިމައްސަލައިގައި 11 ދިވެއްސަކު ހައްޔަރުކޮށްފައިވާއިރު މީގެ ތެރެއިން 7 މީހުން ހައްޔަރުކޮށްފައިވަނީ މަސް ދޯނިން ކަމަށާއި އަނެއް 4 މީހުން ހައްޔަރުކޮށްފައިވަނީ ހުޅުމާލެއިން ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ. ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: