ކޮރޯނާ ވައިރަހާއިގުޅިގެން މިހާރު ޢަމަލުކުރަމުންދާ އުސޫލާއި ދެކޮޅަށް، ޚިދުމަތް ދިން 5 ކެފޭއެއް ޖޫރިމަނާކޮށްފިއެވެ.
މި ކެފޭތަކުގެތެރޭގައި ހިމެނެނީ، މި މަހުގެ 22 ވަނަ ދުވަހު ކާބޯތަކެތީގެ ޚިދުމަތް ދިން އެއް ކެފޭއާއި، މި މަހުގެ 24 ވަނަ ދުވަހު ކާބޯތަކެތީގެ ޚިދުމަތްދީފައިވާ 2 ކެފޭއާއި، މި މަހުގެ 20 ވަނަ ދުވަހު ޝީޝާގެ ޚިދުމަތް ފޯރުކޮށްދިން ދެކެފޭކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
މި ހުރިހާ ކެފޭތަކެއް ވެސް މިހާރުވާނީ، 500 ރުފިޔާއިން ޖޫރިމަނާކުރެވިފައިވާކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
ނޮވެލް ކޮރޯނާއާއިގުޅިގެން އަޅަމުންދާ ފިޔަވަޅުތަކުގެތެރޭގައި، ހޮޓާ ރެސްޓޯރެންޓްފަދަ ތަންތަން ބަންދުކުރުމަށް ސަރުކާރުންވަނީ އަންގާފައެވެ.

