ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް19- ދުނިޔޭގެ އިޤްތިސާދް ވިއްސަކަށް އަހަރުގެ ފަހަތަށް ޖެހުމެއް އަންނާނެ: ކާނަލް

ޑީއާރްޕީގެ ކުރީގެ ލީޑަރު ކާނަލް މުހައްމަދު ނަޝީދު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްގެ ސަބަބުން ދުނިޔޭގެ އިޤްތިސާދަށް ވިއްސަކަށް އަހަރުގެ ފަހަތަށްޖެހުމެއް އަންނާނެ ކަމަށް ޑީ.އާރް.ޕީގެ ކުރީގެ ލީޑަރ މުޙައްމަދު ނަޝީދު (ކާނަލް) ވިދާޅުވެއްޖެއެވެ.

ކާނަލް މިހެން ވިދާޅުވީ ސަންގުޓީވީގެ ޙަބަރަށް ފަހު ޕްރޮގްރާމްގައި ރޭ ވާހަކަދައްކަވަމުންނެވެ. ކާނަލް ވިދާޅުވީ މިވައިރަހުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދަށް ބޮޑު ބަދަލެއް އަންނާނެކަމަށެވެ.

ރާއްޖެ ވެއްޓިފަ މިއޮއް އަނދަވަޅުގަނޑުން ސަލާމަތް ވުމަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭކަމަށާއި އެގޮތުން ހުރިހާ ރައްޔިތުންވެސް ޞިއްޙީ މާހިރުންގެ އިރުޝާދުތަކަށް ސަމާލުކަން ދިނުމަށް ކާނަލް އިލްތިމާސްކުރެއްވިއެވެ.

މިއީ ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުމެއްކަމަށާއި އެކަމުން އަރާގަތުމަށްފަހު ރާއްޖޭގެ ޓޫރިޒަމް ރަނގަޅަށް މާރކެޓްކުރަން ޖެހޭނެކަމަށް ވެސް  ކާނަލް ވިދާޅުވިއެވެ. މި ޙާލަތުގައި ރާއްޖެގެ ޓޫރިޒަމަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެކަމަށާއި ރާއްޖޭގެ ގިނަ އަދަދެއްގެ ރިސޯޓްތައް ބަންދުކޮށް އެ ރިސޯޓްތަކުގައި މަސައްކަތްކުރަމުންދާ މުއައްޒިފުންގެ އާއިލާތަކަށްވެސް ނިކަމެތިކަން އަންނާނެކަން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ކާނަލް ވަނީ ކޮރޯނާ ވައިރަސްގެ ސަބަބުން ރާއްޖެއަށް ކާޑުގެ ބާވަތްތައް ލިބުމުގައި ދަތުތަކެއް ދިމާވާނެކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން  ކާޑުގެ ބާވަތް އަދި ރާއްޖޭގައި ބާނާ މަސްތައް ރަނގަޅު ފެންވަރުގައި ރައްކާތެރިކުރެވޭނެ ގޮތްނެތުމަކީވެސް ރާއްޖެއަށް ދިމާވާނެ ވަރަށް ބޮޑު މައްސަލަތަކެއްކަމަށް ކާނަލް ފާހަަގަކުރައްވާފައިވެއެވެ.

ކޮރޯނާވައިރަސް ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުން ދާއިރުވެސް ރާއްޖޭގައި މި ބަލި ފެތުރިގެން ނުދާ ސަބަބަކީ ރާއްޖެއިން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންކަން ކާނަލް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: