ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުރަންދާ މީހުންނޫން އިތުުރު ބަޔަކަށް އިރުއޮއްސުމަށްފަހު އައްޑޫ ގަމަށް ނުދެވޭނެ

ފުރަންދާ މީހުންނޫން އިތުުރު ބަޔަކަށް އިރުއޮއްސުމަށްފަހު އައްޑޫ ގަމަށް ނުދެވޭނެ
ޝެއާރކޮށްލާ ކަހަލަދޯ؟

ރޭގަނޑު ފުރުމަށް އައްޑޫ ގަން އިންޓެނޭޝަނަލް އެއާޕޯޓަށް ދާ މީހުން ފިޔަވައި އިތުރު ބަޔަކަށް ގަމަށް އެރުން މަނާކޮށްފިއެވެ.

އެކަން މަނާކޮށް ގަން އެއާޕޯޓް ހިންގާ ކުންފުނި އައްޑޫ އިންޓަނެޝަނަލް އެއާޕޯޓް (އޭއައިއޭ) އިން އާއްމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ ދުނިޔޭގެ އެކި ގައުމުތަކުގައި ފެތުރެމުންދާ ކޮރޯނާ ވައިރަހުގެ ނުރައްކާތެރިކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި ރައްކާތެރިކަން ހޯދަން އެޅާ ފިޔަޅެއްގެ ގޮތުން، ގަމަށް އާންމުކޮށް އެރޭނީ ހެނދުނު 6:00 އާއި އިރުއޮއްސި 6:00 އާ ދޭތެރޭ ކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ ރޭގަނޑު އެއްވެސް ފްލައިޓް ޝެޑިއުލްކުރެވިފައިވާ ނަމަ ޗެކިން ފެށުމުގެ 30 މިނިޓް ކުރިން ރަށް ހުޅުވާނެ ކަމަށެވެ. އެއަށްފަހު ފްލައިޓު ފުރާތާ 30 މިނެޓުފަހުން ގަމަށް އެރުން ބަންދު ކުރެވޭނެކަމަށެވެ.

އައްޑޫގެ ގިނަ ރަށްތަކަކީ ގުޅިފައިވާ ރަށްތަކެކެވެ. އަދި ފޭދޫއާއި ގަން ގުޅުވާފައިވަނީ ކޯޒްވޭއަކުންނެވެ. އެތައް އަހަރެއް ކުރިން ފެށިގެން ގަމުގައި ހިންގަމުން އައި މަޝްހޫރު ދޫގަސް ވަނީ ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި ގާއިމްކުރުމަށް ނިންމާފައެވެ. މީގެ އިތުރުން އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއޭ) ގައި ވެސް އައިސޮލޭޝަނަށް ހަތަރު އެނދުގެ ވޯޑެއް ވަނީ ހަދާފައެވެ.

އައްޑޫގެ ގަމުގައި ގިނަ ބަޔަކު ވަޒީފާ އަދާކުރަމުން އަންނައިރު އޭގެ ތެރޭގައި އެމްއެންޑީއެފް ސަދަން އޭރިއާ އާއި ފުލުހުންގެ މަރުކަޒާއި ކަސްޓަމްސް އާއި އެސްޓީއޯ އާއި ފްލައިން ސްކޫލްގެ އިތުރުން ގަމުގައި އީކުއޭޓަ ވިލެޖް ގެސްޓްހައުސް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: