ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ކޮރޯނާ ވައިރަސްއަށް ފަރުވާދެމުން އައި އިތުރު މީހަކު ރަނގަޅުވެ، އަދަދު 9 އަކަށް!

ރާއްޖޭގައި ކޮރޯނާ ވައިރަސްއަށް ފަރުވާދެމުން އައި އިތުރު މީހަކު ރަނގަޅުވެ، އަދަދު 9 އަކަށް!
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ވައިރަހަށް ޕޮޒިޓިވްވެ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔަ އިތުރު މީހަކު އެ ބަލިން ރަނގަޅުވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

ވައިރަސްއާއި ގުޅިގެން ރާއްޖޭގެ ހާލަތު ބަޔާންކޮށްދިނުމަށް ސިލްސިލާކޮށް ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވާއިރު މިރޭގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ޑޮކްޓަރު މުހައްމަދު އަލީ ވިދާޅުވީ ޑީއެޗް-11 ގައި ފަރުވާދެމުން ދިޔަ އިތުރު ބަލި މީހަކު ރަނގަޅުވެފައިވާ ކަމަށެވެ. އަދި އޭނާގެ ބަލިން ރަނގަޅުވީކަމަށް ކަނޑައަޅާފައިވަނީ ދެ ޓެސްޓް ނެގެޓިވް ވުމުން ކަމަށެވެ.

ކޮރޯނާ ވައިރަސްއަށް ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވީ 13 މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. މިރޭ އިއުލާނު ކުރި ކެސްއާއި އެކު މި ބަލިން ރަނގަޅުވީ މީހުންގެ އަދަދު ނުވައަކަށް އެރީއެވެ. އެހެން ކަމުން މިވަގުތު ވައިރަސް ޖެހިގެން ރާއްޖޭގައި ފަރުވާ ދެމުންދަނީ 4 މީހަކަށެވެ.

ރާއްޖެއިން ކޮރޯނާ ވައިރަސްގެ ފުރަތަމަ ކޭސް ފެނުނީ މި މަހުގެ 7 ވަނަ ދުވަހުއެވެ. އަދި އޭގެ ފަހުން 13 ކޭސް ފެނުނުއިރު. އިތުރު ކޭސްއެއް ނުފެންނަތާ ވަނީ 10 ދުވަސް ވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: