ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެއާއި ވިލިމާލެއާދެމެދުގެ ކަނޑުގެ ސަރަޙައްދުގައި ދަތުރުކުރާ ފަރާތްތަށް ސަމާލުވާން އަންގައިފި

ގްރޭޓަރ މާލެ ކަނެކްޓިވިޓީ – މާލެއާއި ތިލަފުށި، ގުޅުވައިލަދޭ ބްރިޖްގެ މަޝްރޫޢުގެ ސާވޭއަށް ބޭނުންވާ މެޝިނަރީސްތައް ދިވެހރާއްޖެއަށް ގެނައި އުޅަނދު
ޝެއާރކޮށްލާ ކަހަލަދޯ؟

ގްރޭޓަރ މާލެ ކަނެކްޓިވިޓީ – މާލެއާއި ތިލަފުށި، ގުޅުވައިލަދޭ ބްރިޖްގެ މަޝްރޫޢުގެ ޖިއޯޓެކްނިކަލް އިންވެސްޓިގޭޝަން މަސައްކަތްތައް ކުރިއަށްދާތީ، އެ ސަރަޙައްދުން ދަތުރުކުރާ ފަރާތްތައް ސަމާލުވުމަށް ޕްލޭނިންގް މިނިސްޓްރީން އަންގައިފިއެވެ.

ޕްލޭނިންގް މިނިސްޓްރީން ރޭ ނެރުނު ނޫސް ބަޔާނެއްގައިވަނީ، މި މަޝްރޫޢުގެ ޖިއޯޓެކްނިކަލް އިންވެސްޓިގޭޝަން މަސައްކަތްތަކަށް، މާލެއާއި ވިލިމާލެއާދެމެދުގެ ކަނޑުގެ ސަރަޙައްދާއި، ވިލިމާލޭ ދެކުނު ފަރުމަތީގައި ޚާއްސަ ޕްލެޓްފޯމްތަކެއް ބަހައްޓައިގެން ބޯހޯލް ތޮރުފަން ފަށާފައިވާކަމަށެވެ.

އެ މަސައްކަތްތައް ކުރިއަށްގެންދާއިރު، ޕްލެޓްފޯމް ވަށައިގެން އޮންނަ 100 މީޓަރުގެ ސަރަޙައްދަކީ، ކަނޑު ދަތުރުފަތުރުކުރާ އުޅަނދުފަހަރަށް ރައްކާތެރި ސަރަޙައްދެއްނޫންކަމަށް، ޕްލޭނިންގް މިނިސްޓްރީން ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން، އެ މަސައްކަތް ނިމެންދެން ޚާއްސަ ސަމާލުކަމެއްދިނުމަށް ވެސް އަންގަވާފައިވެއެވެ.

މި ގޮތުން، އެ މިނިސްޓްރީން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެގޮތުގައި، އެ މަސައްކަތްތައް ނިމެންދެން، އެ ސަރަޙައްދުގައި ޑައިވްކުރުމާއި، މޫދަށްއެރިއުޅުންވަނީ މަނާކޮށްފައެވެ.

ޖިއޯޓެކްނިކަލް އިންވެސްޓިގޭޝަން މަސައްކަތްތަކަށް ބޭނުންވާ ސާމާނު ރާއްޖެގެނައީ، މިމަހުގެ 19 ވަނަ ދުވަހުއެވެ. ނެދަރލޭންޑްސްގެ ފްގްރޯ ކުންފުންޏާއި ހަވާލުކޮށްފައިވާ މި މަސައްކަތްތަކުގެ އަގު 15 މިލިއަން ޑޮލަރަށްއަރައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: