ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ތީން“ ގެ ވާހަކަ

"ތީން" ގެ ވާހަކައިގެތެރޭގައިވާ މާތް ފަރުބަދަ " މައުންޓް މޫސާ.
ޝެއާރކޮށްލާ ކަހަލަދޯ؟

އަޅަމެންގެ ވެރި ރައްބު، އެއްޗެއް ގަންދެއްވާ ހުވާކުރައްވާނީ، އެ ކަމެއްގައި ނުވަތަ އެ އެއްޗެއްގައި ފޮރުވިފައިވާ ޙިކުމަތްތަކެއް ހުރުމުންކަން ޔަޤީނެވެ. އެ ކަމެއްގައި ހުރި ބުރަދަނާއި، ބޮޑުކަމުގެ ސަބަބުންނެވެ. މި ގޮތުން ބަލާއިރު، ކީރިތި ޤުރުއާނުގެ އެތައް އާޔަތެއްގައި، ތަފާތު އެކި އެއްޗެހި ގަންދެއްވައި، އާޔަތްތަށް ބާވައިލައްވާފައި އެބަހުރިއެވެ.

އޭގެތެރޭގައި ހިމެނޭ އެއް ސޫރަތަކީ ނުވަތަ ”ސޫރަތުއްތީން“ އެވެ. ބިސްމިއަށްފަހު މި ސޫރަތް ފެށިފައިވަނީ، ”ތީން“ އެވެ ކިޔުނު މޭވާ ގަންދެއްވަމުންނެވެ. އެއާ ވިދިގެން ދެން ގަންދެއްވައިފައިވަނީ، ”ޒައިތޫނި“ އެވެ ކިޔުނު މޭވާއެވެ. އެއަށްފަހު ވެސް އެކަލާނގެ ގަންދެއްވަނީ، މާތްވެގެންވާ ފަރުބަދައެކެވެ. އެއީ އިތުރުކަން ލިބިގެންވާ ”ޠޫރުސީނާ“ އެވެ ކިޔުނު ފަރުބަދައެވެ. ނުވަތަ ޖަބަލުލް މޫސާއެވެ. މި ފަރުބަދައަކީ، މާތްﷲ މޫސާ ޢަލައިހިއްސަލާމްއަށް ނިދާއިއްވެވި ފަރުބަދައެވެ. ދެން ވެސް އެކަލާނގެ ގަންދެއްވައިފައިވަނީ މާތްކަމާއި އަމާންކަންލިބިގެންވާ ބިމެކެވެ. ތަފްސީރު ޢިލްމުވެރިން ބަޔާންކުރައްވާގޮތުގައި، އަމާންކަން ލިބިގެންވާ ބިމަކީ، މާތްވެގެންވާ ރަށްތަކުގެ މަންމަ މައްކާއެވެ.

ތީންޏާއި ޒައިތޫނި، ޠޫރުސީނާއާއި މައްކާ ގަންދެއްވުމަށްފަހު، އެ އިލާހު ވަޙީކުރައްވަނީ، އަޅުގަނޑުމެން އިންސާނުންގެ ވާހަކައެވެ. ފަހެ އެ އިލާހު ވަޙީކުރައްވަނީ، އެންމެ ފުރިހަމަ ސޫރައިގައި އިންސާނާ ހެއްދެވި ވާހަކައެވެ. ހަމަކަށަވަރެވެ. އިންސާނާވަނީ، އެހެން ހުރިހައި މަޚުލޫޤުންނަށްވުރެ މާތްކުރައްވާފައެވެ. މި ގޮތުން، އެ އިލާހު އަޅަމެންނަށް ގިނަގުނަ ނިޢުމަތްތަށް ދެއްވިއެވެ. ހައިވާނުންނާއި ތަފާތުކޮށް، އިންސާނާގެ ދަރަޖަ އުފުއްލެވިއެވެ. އެހެނަސް، ދެން އެ އިލާހު ވަޙީކުރައްވަނީ، އިންސާނާ ނަރަކައަށް ރައްދުކުރައްވާ ވާހަކައެވެ.

މިހާ ހިސާބުން މި އުފެދެނީ ސުވާލެކެވެ. އިންސާނާ ނަރަކައަށް ރައްދުކުރައްވަނީ ކީއްވެތޯއެވެ. އޭގެ ޖަވާބުވެސް، މި ސޫރަތުގައި އެބައޮތެވެ. ނަރަކައަށް ރައްދުކުރައްވަނީ، ހެޔޮ ޢަމަލުތަކުން އެއްކިބާވެ، އެ އިލާހު މިންވަރުކުރެއްވި ތަކެތިން ހޭދަނުކުރާމީހާއެވެ. ހެޔޮ ޢަމަލުތައް ކުރުމުން ބަރީޢަވެގެންވާ މީހާއެވެ. އެންމެ ފުރިހަމަ ސޫރައިގައި ހެއްދެވުމުން ކިބުރުވެރިވެ އެ އިލާހަށް އަޅުކަންކުރުމުން ދުރުވެގަތްމީހާއެވެ.

ސޫރަތް ނިންމަވައިލައްވަމުން، އެ އިލާހު އެ ދެއްވަނީ ވަރަށް ވެސް ވަރުގަދަ މެސެޖެކެވެ. އެ އިލާހު ވަޙީކުރެއްވީ ކީކޭކަމަށްތޯއެވެ. އާދެ! އެ އިލާހު ވަޙީކުރެއްވި ފަދައިން، އެއީ ޙުކުމްކުރެއްވުމުގައި ވެސް އެންމެ އިންސާފުވެރި އިލާހެވެ. ފަހެ، ހެޔޮ ޢަމަލުކުރި މީހާއަށް އެ އިލާހު އަޖުރު ދެއްވަތެވެ. ހަމަ އެގޮތަށް ނުބައި ޢަމަލުތަކުން ފޯވެފައިހުރިމީހާއަށް އަޒާބު ދެއްވަތެވެ.

ވަރަށް ގަދަ
40%ވަރަށް ގަދަ 60%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: