ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤައުމު މިހާލަތަށް ދިޔައިރު، ކޯލިޝަންގެ ”ހަތަރު ލީޑަރުން“ ނުފެނޭ: ރިޔާޒް ރަޝީދު

ޖުމްހޫރީޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ވިލިފުށީދާއިރާގެ މެންބަރު ރިޔާޒް ރަޝީދު. ފޮޓޯ: މިއަދުޑެއިލީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޤައުމު މިހާލަތަށް ދިޔައިރު، ކޯލިޝަންގެ ހަތަރު ލީޑަރުން ނުފެންނަކަމަށް، ޖުމްހޫރީޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ޕޮލިޓިކަލް އެޑްވައިޒަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ވިލިފުށީދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވެއްޖެއެވެ.

ރިޔާޒްގެ ޓުވީޓުތަކުގައި އެ އިޝާރާތްކުރައްވާ ހަތަރު ލީޑަރުންނަކީ ޤާސިމް އިބްރާހިމާއި، ހޯމް މިނިސްޓަރު އަދި ޢަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމެވެ.

 

https://twitter.com/riyaz_rasheed/status/1243940864474279936?s=20

ހަތަރު ލީޑަރުންގެ ނަން ފާހަގަކުރައްވާ، ރިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދިވެހިރާއްޖެ މިހާރު މިއޮތީ އަރައިނުގަނެވޭފަދަ ހާލަތެއްގައިކަމަށާއި، މި ހާލަތުން އަރައިގަނެވޭނީ، މިހާރު ޤައުމުން ފެންނަ ހަސަދަވެރިކަމާއި ބަދަލުހިފުމުގެ ރޫޙުދޫކޮށްލައި ރައްޔިތުން އެއްބައިވެގެންކަމަށެވެ.

އެއާ ވިދިގެން ރިޔާޒް ކުރެއްވި ޓްވީޓްގައި ވިދާޅުވީ، ރާއްޖެ މި އޮތީ އިޤުތިޞާދީގޮތުން ވެސް އަރައި ނުގަނެވޭ ފަދަ ހާލަތެއްގައި ކަމަށާއި، ޤައުމީ އެއްބައިވަންތަ ކަމެއް އުފެދިގެންނޫނީ މި ހާލަތުން އަރައިނުގަނެވޭނެކަމަށެވެ.

ރިޔާޒް ވިދާޅުވީ، 26 ޑިސެމްބަރު 2004 ގައި ސުނާމީ އެރިއިރު، އޯގަސްޓް 13/12 އިގެ މައްސަލައިގައި ޤާސިމް އިބްރާހިމާއި ސިޔާސީ ގިނަބަޔަކު ތިއްބެވީ، ޖަލުގައިކަމަށާއި، އެ ވަގުތު ރައީސް މައުމޫން، އެ އެންމެން މިނިވަންކޮށް އިސްކުރެއްވީ ޤައުމީ މަސްލަޙަތުކަމަށެވެ. މީގެ އިތުރުން، ރާއްޖެ މިހާރު މި އޮތީ ސުނާމީ ކާރިސާގެ ސަބަބުން ކުރިމަތިވި ހާލަށްވުރެވެސް ނިކަމެތި ހާލުގައިކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: