ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯވިޑް-19 އިގެ ސަބަބުން ވަޒީފާގެއްލޭ މީހުންނަށާއި، ދުވަހު މުސާރައަށްއުޅޭ މީހުންނަށް އުޖޫރައެއްދިނުން މުހިންމު: ޢަލީ އާޒިމް

މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް. ފޮޓޯ: އާކައިވްއެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޯވިޑް-19 އިގެ ސަބަބުން ވަޒީފާގެއްލޭ މީހުންނަށާއި، ދުވަހު މުސާރައަށްއުޅޭ މީހުންނަށް އުޖޫރައެއްދިނުމަކީ މުހިންމުކަމެއްކަމުގައި، ދެކެވަޑައިގަންނަވާކަމަށް މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ޢަލީ އާޒިމް މިހެން ވިދާޅުވީ، ކޯވިޑް-19 ފެތުރުނަ ނުދިނުމަށްޓަކައި، އަޅާ ފިޔަވަޅުތަކުގެ ސަބަބުން، ޢާއިލާތަކަށާއި، ވިޔަފާރިތަކުގެ ޢާމްދަނީއަށް އަންނަ ނުރަނގަޅު ބަދަލުތަކުން އަރައިގަތުމަށް، ސަރުކާރުން ހިންގުމަށް ނިންމާފައިވާ ޕްރޮގްރާމް ތަންފީޒުކުރުމަށް ރައްޔިތުންގެ މަޖިލީހުން ދެކޭގޮތް ކަނޑައެޅުމަށް، މާދަމާ އޭނާ މަޖިލީހަށް ހުށަހަޅުއްވަން ނިންމާފައިވާ މައްސަލައިގައެވެ.

ސަރުކާރުން ހިންގުމަށް ނިންމާފައިވާ މި ޕްރޮގްރާމަކީ، 25 މާޗް 2020 ގައި ރައީސުލް ޖުމްހޫރިއްޔާ ޢިއުލާނުކުރައްވާފައިވާ ޕްރޮގްރާމެކެވެ.

އާޒިމް ވިދާޅުވީ، ރައީސް ޞާލިޙް ޢިއުލާންކުރައްވާފައިވާ ޕްރޮގްރާމަ ހިންގުމުގައި، ކޯވިޑް-19 އާއި ގުޅިގެން، ވަޒީފާގެއްލޭ ފަރާތްތަކާއި، ދުވަހު މުސާރައަށް އުޅޭ ފަރާތްތަކަށް އުޖޫރައެއް ދިނުމަކީ މުހިންމުކަމެއްކަމަށް ދެކެވަޑައިގަންނަވާކަމަށާއި، ނަމަވެސް އެ ފަރާތްތަކަށް އުޖޫރަދޭންވާނީ، އިޤްތިޞާދަށް ފައިދާވާ ބާވަތުގެ މަސައްކަތެއް ކުރުމަށް އެފަރާތްތަކާ މަތިކޮށް، އެ ފަރާތްތަކުގެ މަސައްކަތުގެ ސަބަބުން އިޤުތިޞާދުގެ އުފެއްދުންތެރިކަން އިތުރުކުރެވޭނެ ގޮތްތަށް ރޭވިގެންކަމަށެވެ.

މި ގޮތުން މި ހާލަތުގައި، ރާއްޖޭގައި ތަރައްޤީކުރެވޭނެ ދާއިރާތަކަކީ ކޮބައިތޯބަލައި، ވީހާވެސް އަވަހަށް އެ ދާއިރާތަކުގެ މަސައްކަތްފެށުން މުހިންމުކަމަށް ދެކެވަޑައިގަންވާކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

މި ހާލަތުގައި މިހާރުވެސް ކުރެވިދާނެކަމަށް އާޒިމްގެ ބިލުގައި ބަޔާންކުރައްވާފައިވާ ކަންތައްތަކުގެތެރޭގައި، މިނިސްޓްރީ އޮފް އެގްރިކަލް އެންޑް ކަލްޗަރއިން ދަނޑުވެރިކަމުގެ ސިނާޢަތު ފުޅާކުރުމަށް ކަނޑައަޅުއްވާފައިވާ ޕްރޮގްރާމްތައް ބޮޑެތި ރަށްރަށުގައި ހިންގުން ހިމެނެއެވެ.

މީގެ އިތުރުން، މަސްވެރިކަމުގެ ސިނާޢަތަށް ދިނުމަށް ކަނޑައަޅަފައިވާ ޕެކޭޖްގެތެރޭގައި މަސް ރައްކާކުރެވޭނެ ގޮތްހަދައި( މަސް ކައްކައި/ހިއްކައި ) ރާއްޖޭގެ ބާޒާރަށާއި ދުނިޔޭގެ ބާޒާރަށް ، ދިވެހި އުފެއްދުންތައް ފުޅާކުރަން ބޭނުންވާ ފަރާތްތަކަށް ޚާއްސަ ޕެކޭޖެއް ހިމެނުން ވެސް އާޒިމް ފާހަގަކުރައްވާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: