ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ 60 ވަނަ މިނިވަން ދުވަސް ފާހަގަކުރުމަށް ޖުމްލަ 4.1 މިލިއަން ރުފިޔާ ހަރަދުވި: ހީނާ

މިނިސްޓަރ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް ހީނާ ވަލީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ މިނިވަން ކަމަށް ފަސްދޮޅަސް އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމަށް ޖުމްލަ 4.1 މިލިއަން ރުފިޔާ ޙަރަދު ވިކަމަށް މިނިސްޓާރ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި ސުވާލަކާ ގުޅިގެން މިއަދުގެ ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެ ވަޑައިގެން މައުލޫމާތު ހިއްސާކުރައްވަމުންނެވެ.

ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމަށް އެ ވުޒާރާއިން ހިންގެވި ހަރަކާތްތަކަށް ޖުމްލަ ހަރަދުކުރެއްވި ގޮތާއި، ހިނގި ހަރަދުތަކުގެ ތަފްސީލާއި އަދި މިނިވަން ދުވަހުގެ ހަރަކާތްތައް މާލެ ފިޔަވައި އެހެން ސަރަހައްދުތަކުގައި ބޭއްވި ގޮތާއި ގުޅޭގޮތާއި މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުޑޫ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ހީނާ ވިދާޅުވި ގޮތުގައި މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި މާލެ ފިޔަވާ އަތޮޅު ތެރޭގެ އެއްވެސް ރަށެއްގައި ހަރަކާތްތަކެއް ހިންގާފައި ނުވާކަމަށެވެ.

އެހެންކަމުން މާލެ ސަރަހައްދުގައި ހިންގުނު ހަރަކާތްތަކަށް އެ ވުޒާރާއިން 4.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް ހީނާ ވިދާޅުވިއެވެ.

”ދިވެހިރާއްޖޭގެ މިނިވަން ކަމަށް ފަސްދޮޅަސް އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމަށް ޖުމްލަ ހަރަދުވެފައިވަނީ 4.1 މިލިއަން ރުފިޔާ، ދެން މިނިވަން ދުވަހުގެ ހަރަކާތްތައް މާލެ ފިޔަވާ އަތޮޅު ތެރޭގެ އެއްވެސް ހަރަކާތެއް ހިންގާފައެއް ނުވޭ، އެހެންވީމަ އަތޮޅުތެރޭގައި މި ހަރަކާތްތައް ހިންގުމަކަށް އެއްވެސް ފައިސާއެއް ހަރަދުކުރެވިފައި ނުވާކަން ދަންނަވަން،“ ހީނާ

މިނިވަންކަމަށް 60 އަހަރު ފުރުނު ފަޚުރުވެރި މުނާސަބަތު ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ސަރުކާރުން ވަނީ ގިނަ ހަރަކާތްތަކެއް މާލެ ސަރަހައްދުގައި ކުރިއަށް ގެންގޮސްފައެވެ.

އެގޮތުން މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގެ އިތުރުން ދިދަ ނެގުމުގެ ރަސްމިއްޔާތާއި، ދުވަހާ ގުޅޭ ހާއްސަ ލައިވް ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ގައުމީ ދިފާއީ ބާރާއި ގައުމީ ކެޑޭޓްކޯގެ މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރު ވަނީ ބާއްވާފައެވެ. އަދި ސްކޫލްތަކުގެ ކުޅިވަރާއި ސަގާފީ އައިޓަމްތައް ދައްކާލުމުގެ އިތުރުން މާލެ އަދި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ފުޅަނދުބުރު ދައްކާލުމުގެ ހަރަކާތްތަކެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. ދިވެހިރާއްޖޭގެ މިނިވަން ކަމަށް ފަސްދޮޅަސް އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމަށް އިންޑިއާގެ ބޮޑުވަޒީރު މޯދީވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: