ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިޖިޓަލް ޓްރާންސްފޮމޭޝަން ބިލަކީ ޒަމާނާ ނުގުޅޭ އައުޓްޑޭޓް ބިލެއް، މިއީ އޭއައިގެ ޒަމާން: ޝަމްހީދު

ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ އަހުމަދު ޝަމްހީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ރަށްރަށުގައި ހިންގުމަށް ބަޖެޓުކޮށްފައިވާ ފެނާއި ނަރުދަމާ ފަދަ ޒަރޫރީ މަޝްރޫއުތަކަށް ބަޖެޓުގައި ހިމެނި ފައިސާ، ޓެކްނޮލޮޖީގެ ނަމުގައި ބޭކާރު ގޮތުގައި ހޭދަކުރަމުންދާކަމަށެވެ.

ސަރުކާރުގެ ފަރާތުން ޑިޖިޓަލް އައިޑެންޓިޓީ ބިލަށް ބަހުސް ކުރައްވަމުން ޑރ. ޝަމްހީދު ވިދާޅުވީ، ދާއިރާތަކުގެ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމުމަށް މިދިޔަ އަހަރުގެ ބަޖެޓުގައި ކަނޑައެޅި ފައިސާ މިހާރު ހޭދަކުރަމުންދަނީ ސޮފްޓްވެއަރ ގަތުމަށް ކަމަށެވެ. މި ފައިސާ ޖަމާކުރަނީ ކުރީގެ ”ޓްރޭޑް ނެޓް“ ކުންފުންޏަށް ކަމަށާއި، މިއީ ވަޒީރެއްގެ ސީދާ ކޮންޓްރޯލް އޮންނަ ކުންފުންޏެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޝަމްހީދު ވިދާޅުވި ގޮތުގައި މި ބިލަކީ މީގެ 10 އަހަރު ކުރީގެ ޓެކްނޮލޮޖީއަށް ބިނާވެފައިވާ، މިހާރުގެ ޒަމާނާ ނުގުޅޭ ”އައުޓްޑޭޓެޑް“ ބިލެކެވެ.

މިއީ އޭއައިގެ ޒަމާން. މިއަދު އޭއައި ބޭނުންކޮށްގެން ރަށެއްގައި ހުރި މީހެއްގެ ބަލިވެސް ދެނެގަނެވޭ. އެކަމަކު އަޅުގަނޑުމެން މިތާ މި މާނަކުރާ ޑިޖިޓަލް ޓްރާންސްފޮމޭޝަނަކީ ކަރުދާސްތައް ޕޯޓަލްއަކަށް ބަދަލުކުރުން

މީގެ އިތުރުން، ރައްޔިތުންގެ އަމިއްލަ މައުލޫމާތުތައް އެއްތަނަކަށް ޖަމާކުރާއިރު، އެކަން ވަޒީރެއްގެ އަތްދަށަށް ދޫކޮށްނުލުމަށް ޝަމްހީދު ގޮވާލެއްވިއެވެ. އަދި މިފަދަ ނިޒާމުތަކުގެ މައްޗަށް މިނިވަން މުއައްސަސާތަކާއި ރައްޔިތުންގެ މަޖިލީހުގެ އޯވަރސައިޓް އޮންނަންޖެހޭނެކަމަށް ވިދާޅުވިއެވެ.

ޝަމްހީދު ވިދާޅުވި ގޮތުގައި، އެމްޑީޕީގެ ސަރުކާރުން ރާއްޖޭގެ އޭވިއޭޝަން ދާއިރާއަށާއި ޑިޖިޓަލް ދާއިރާއަށް ހަގީގީ ބަދަލުތަކެއް އައެވެ. އެގޮތުން، ދިވެހިގެ ބައިވެރިވުމާއި އެކު އުފެއްދި ”އެކްސްޕެޓް ސިސްޓަމް“ އަކީ އޭގެ ރަނގަޅު މިސާލެއްކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، މި ސަރުކާރުން ވަނީ ދިވެހިން ކުރި އެ ބުރަ މަސައްކަތް ދޫކޮށްލައި، ބުނާ ބްލެކްލިސްޓް ކުރެވިފައިވާ ކުންފުންޏަކަށް އެ މަސައްކަތް ހަވާލުކޮށްފައިކަމަށް ޝަމްހީދު ވިދާޅުވި އެވެ.

މި ސަރުކާރުން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް، އިންސާނީ ވަގުފާރިކުރާ ކުންފުންޏަކަށް ދިވެހިން ތައްޔާރުކުރި އެއްޗެއް އެއްލާލާފައި މި ދިނީ ބިލިއަން ޑޮލަރުގެ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް

ޝަމްހީދު ވިދާޅުވީ، މިއީ ހަގީގީ މާނައިގައި ޑިޖިޓަލް ޓްރާންސްފޮމޭޝަނެއް ނޫން ކަމަށެވެ. އަދި ތަކުރާރުކޮށް ވިދާޅުވީ ޑިޖިޓަލް ޓްރާންސްފޮމޭޝަންއާއި ގުޅޭގޮތުން ހުށަހެޅިފައިވާ ބިލަކީ މިއަދުގެ ހާލަތާ ނުގުޅޭ ބިލެއް ކަމަށެވެ.

ޝަމްހީދު ވިދާޅުވީ، ބޭންކް އޮފް މޯލްޑިވްސްއަށް ޑޮލަރު ނުލިބިގެން އުޅޭއިރު، ސަރުކާރުން ބޭކާރު ޕްރޮކިއުމަންޓްތަކަށް މިލިއަނުން ޑޮލަރު އޮއްސަމުންދާ ކަމަށެވެ. އެގޮތުން ސޮފްޓްވެއަރ ގަންނަން 45 މިލިއަން ޑޮލަރު އަދި އާރްޑީސީއަށް އިކުއިޕްމަންޓް ގަންނަން 200 މިލިއަން ޑޮލަރު ހޭދަކުރަނީ އެއްވެސް ދެފުށް ފެންނަ އުސޫލަކުން ނޫންކަމަށް ތުހުމަތުކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: