ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާޓީ ބަދަލުކުރުމުން ވ. ތިނަދޫ ރައީސްގެ ގޮނޑި ގެއްލިފައިވާކަމަށް އެލްޖީއޭއިން ކަނޑައަޅައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމުން އޭނާގެ މަގާމު ގެއްލލިފައިވާކަމަށް ލޯކަލް ގަވަމަންޓު އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅައިފިއެވެ.

އެލްޖީއޭއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު މި އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ތިނަދޫގެ ރައީސްކަމަށް އިންތިހާބުވުމަށްފަހު ދައުރު ފެށުނު ފަހުން އިންތިހާބުވެފައިވާ ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި 2026 މޭ 19ގައި އިލްކެޝަންސް ކޮމިޝަނުގައި ދަފްތަރުވެފައިވާކަން އީސީން އެލްޖީއޭއަސް އަންގާފައިވާ ކަމަށެވެ.

ލާމަރުކަޒީ ގާނޫނުގެ 116 ވަނަ މާއްދާގެ (ޅ)ގައި ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ކައުންސިލަށް އިންތިހާބުވުމަށްފަހު އެ އިންތިހާބުވި ދައުރުުގެ ތެރޭގައި އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި އީސީގައި ދަފްތަރު ވެއްޖެނަމަ އެ މެމްބަރެއް މަގާމުން ވަކިވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށް އެލްޖީއޭއިން ވަނީ ބުނެފައެވެ.

އެހެންކަމުން އެލްޖީއޭއިން ބުނީ ޝުޖާއު އިންތިހާބުވި ޕާޓީ ނޫން އެހެން ޕާތީއެއްގެ މެމްބަރެއްގެ ގޮތުގައި އީސީގައި ދަފްތަރުވެފައިވާތީ އޭނާ މަގާމުން ވަކިވެއްޖެ ކަމަށް ކަނޑައަޅައި ވ. ތިނަދޫގެ ރައީސްގެ މަގާމު ހުސްވެފައިވާކަން އީސީއަށް އެންގުމަށް ޖޫން 30ގައި އެލްޖީއޭއިން ބޭއްވި ބޯޑުގެ ބައްދަލުވުމުން ނިންމާފައިވާ ކަމަށެވެ.

ޝުޖާއު ތިނަދޫގެ ރައީސްގެ މަގާމަށް އިންތިހާބުވީ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކޮށްގެންނެވެ. އެހެންނަމަވެސް ޖޫން 4 ވަނަ ދުވަހު ދަ ޑިމޮކްރެޓްސް އުވާލީ އެޕާޓީގައި 3000 މެންބަރުން ހަމަނުވާތީއެވެ. އީސީގެ ތަފާސްހިސާބުތަކަށް ބަލާއިރު އެ ޕާޓީގައި އޭރު ތިބީ 2952 މެންބަރުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: