ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޮނޑި ގެއްލުވާލީ ގާނޫނާ ހިލާފަށް، ދުވާލަކު ދެފަހަރު އިންތިހާބު ބޭއްވިޔަސް ގޮނޑި ނަގާނީ އެމްޑީޕީން: ޝުޖާއު

ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ޕާޓީއެއްގައި މެމްބަރުން ހަމަ ނުވެގެން ޕާޓީ އުވާލާއިރު، އެ ޕާޓީން އިންތިހާބުވި މީހަކު އެހެން ސިޔާސީ ޕާޓިއަކަށް ސޮއިކުރުމުން އެ މީހާ އިންތިހާބުވި ގޮނޑި ގެއްލުމަކީ ޤާނޫގައި ސާފުކޮށް ބަޔާންކޮށްފައި އޮތް ޙާލަތެއް ނޫންކަމަށާއި ވ. ތިނަދޫ ކައުންސިލުގެ ގޮނޑި ދެންވެސް ނަގާނީ އެމްޑީޕީން ކަމަށް އެ ރަށު ކައުންސިލްގެ ރައީސް ކަމުގެ މަޤާމުގައި ކުރިން ހުންނެވި ޝުޖާއު އަލީ ވިދާޅުވެއްޖެއެވެ.

ޕާޓީ ބަދަލުކުރުމުން ޝުޖާއުގެ ގޮނޑި ގެއްލިފައިވާ ކަމަށް ލޯކަލް ގަވަރމަންޓު އޮތޯރިޓީ (އެލްޖީއޭ)އިން ނިންމާފައިވާއިރު، އޭނާ މިހެން ވިދާޅުވީ، މިއަދު ”ސަންގަށް“ ދެއްވި ބަސްދީގަތުމެއްގައެވެ. އެގޮތުން ޝުޖާ ވިދާޅުވީ، ޤާނޫނުގައި ބަޔާންކޮށްފައި ނެތްކަމަކަށް އެލްޖީއޭއިން ވަކި ގޮތެއް ނިންމޭނެކަމަށް އޭނާ ޤަބޫލު ނުކުރައްވާކަމަށެވެ.

އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއެއްގެ މެމްބަރެއްގެ ގޮތުގައި އީސީގައި ދަފްތަރުވެފައިވާތީ ކަމަށް ބުނެ އޭނާގެ ގޮނޑި ހުސްވެފައިވާކަމަށް ނިންމާފައިވާއިރު، ޕާޓީ ބަދަލުވުމުން ގޮނޑި ގެއްލޭ ގޮތަށް ޤާނޫނު އިސްލާހުކުރުމުގެ ބޭނުމަކީ ކޮބައިތޯއާ މެދުވެސް ވިސްނަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ޕާޓީން ވަކިވުމުން ގެއްލުންވީ ކޮން ޕާޓީއަކަށްތޯ ނުވަތަ ކޮން ބަޔަކަށްތޯ ސުވާލު އުފައްދަވައި އޭނާ ވިދާޅުވީ، ހަޤީގަތުގައި އެކަމުން ގެއްލުންވި ބަޔަކު ނެތްކަމަށެވެ. އޭނާ ވިދާޅުވީ މިއީ އެލްޖީއޭއިން ބަލަންވާ ވަރަށް ނުބަލާ ނިންމި ނިންމުމެއް ކަމަށެވެ.

”ޤާނޫނުގައި ސީދާ މިވާހަކައެއް ލިޔެފަކަ ނެތް، އެހެންވީމައި އެމީހުން އަމިއްލައަކަށް މި މާނަ ކުރެވޭނެކަމަށް އަޅުގަނޑު ޤަބޫލެއް ނުކުރަން،“ ޝުޖާއު ވިދާޅުވިއެވެ.

މީގެ އިތުރުން، ތިނަދޫގެ ރައީސްކަމުގެ ގޮނޑިއަކީ ދުވާލަކު ދެފަހަރު އިންތިޚާބު ބޭއްވިޔަސް އެމްޑީޕީން ކާމިޔާބުކުރާނެ ގޮނޑިއެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ.

”ތިނަދޫ ރައީސް ކަމުގެ ގޮނޑިއަކީ، ދުވާލަކު ދެފަހަރު އިންތިޚާބު ބޭއްވިޔަސް އެމްޑީޕީން ހަމަ މިގޮނޑި ކާމިޔާބުކުރާނެ،“ ޝުޖާއު ވިދާޅުވިއެވެ.

އިންތިޚާބީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ގޮނޑި ގެއްލޭ މައްސަލައަކީ މުޅިން އަލަށް ސިޔާސީ މަޝްރަހުގެ ތެރެއިން ފެށިގެން އުޅޭ ކަމެއްކަން ފާހަގަކުރައްވާ ޝުޖާއު ވިދާޅުވީ، ރައްޔިތުންނަށް ޙިދުމަތް ކުރަން ބޭނުންވާ މީހަކު އިތުރު ގޮތްގޮތް ހޯދައިގެން ވިޔަސް އެކަން ކުރާނެކަމަށެވެ. އެގޮތުން، ތިނަދޫ ކައުންސިލްގެ ރައީސް ކަމުގެ ގޮނޑި ގެއްލުނުކަމުގައި ވީނަމަވެސް ކުރިއަށް އޮތްތަނުގައި އިތުރު މަސައްކަތް ކޮށްގެން ގޮނޑި ހޯދޭނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތްކަމަށް އޭނާ ވިދާޅުވިއެވެ.

ޝުޖާއު ތިނަދޫގެ ރައީސްގެ މަގާމަށް އިންތިޚާބުވީ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކޮށްގެންނެވެ. ނަމަވެސް، އެ ޕާޓީ އުވާލަން ނިންމާފައި ވަނިކޮށް އޭނާ ވަނީ އެމްޑީޕީއަށް ސޮއިކުރައްވައިފައެވެ. ޖޫން 4 ވަނަ ދުވަހު ދަ ޑިމޮކްރެޓްސް އުވާލީ އެޕާޓީގައި 3000 މެންބަރުން ހަމަނުވާތީއެވެ. އީސީގެ ތަފާސްހިސާބުތަކަށް ބަލާއިރު އެ ޕާޓީގައި އޭރު ތިބީ 2952 މެންބަރުންނެވެ.

ޝުޖާއު އިންތިޚާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމުން އޭނާގެ މަގާމު ގެއްލިފައިވާކަމަށް ލޯކަލް ގަވަމަންޓު އޮތޯރިޓީ (އެލްޖީއޭ) އިން ކަނޑައަޅާފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އެހެންކަމުން އެލްޖީއޭއިން ވަނީ ޝުޖާއު އިންތިހާބުވި ޕާޓީ ނޫން އެހެން ޕާތީއެއްގެ މެމްބަރެއްގެ ގޮތުގައި އީސީގައި ދަފްތަރުވެފައިވާތީ އޭނާ މަގާމުން ވަކިވެއްޖެ ކަމަށް ކަނޑައަޅައި ވ. ތިނަދޫގެ ރައީސްގެ މަގާމު ހުސްވެފައިވާކަން އިލެކްޝަންސް ކޮމިޝަނަށް އެންގުމަށް އެ ދުވަހު ބޭއްވި އޮތޯރިޓީގެ ބޯޑުގެ ބައްދަލުވުމުން ނިންމާއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: