ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިތަދޫގައި ހިންގި މާރާމާރީއަކާ ގުޅިގެން ދެ މީހަކާއި ކުޑަކުއްޖަކު ހައްޔަރުކޮށްފި

ފޮޓޯ ޕޮލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސ. ހިތަދޫގައި ހިންގި ނުރައްކާތެރި މާރާމާރީއެއްގެ މައްސަލައަކާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން ދެ މީހަކާއި 17 އަހަރުގެ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ، ޢަޠީނާ، ޝިޔާޙު މުޙައްމަދު (26އ) އާއި، ސ. ހިތަދޫ، ބޯޅަކިންކިރުމާގެ، މުޙައްމަދު މާހިލް އަޙްމަދު (18އ) އެވެ. މީގެ އިތުރުން މި މައްސަލައިގައި 17 އަހަރުގެ ކުޑަކުއްޖަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއްވާ ގޮތުގައި، މި މާރާމާރީގެ މައްސަލަ ރިޕޯޓްކޮށްފައިވަނީ 2026 ޖުލައި 04 ވަނަ ދުވަހުގެ ރޭ 22:00 އެހާކަންހާއިރުއެވެ. އަދި މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތައް ހައްޔަރުކޮށްފައިވަނީ މި މަހުގެ 6 ވަނަ ދުވަހުއެވެ.

މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ އެންމެން 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަމުންދަނީ ”ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނު“ގެ ދަށުންނެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި މުޖުތަމައުގެ ސަލާމަތާއި އަމާންކަން ގެއްލޭ ފަދަ އެއްވެސް އަމަލަކަށް އެ މުއައްސަސާއިން ޖާގަ ނުދޭނެއެވެ. އަދި މިފަދަ ކުށްތަކުގައި ބައިވެރިވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމުގައި ފުލުހުން ފަސްނުޖެހޭނެކަމުގެ ޔަގީންކަންވެސް ވަނީ ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: