ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިލިމާލެ ކޮންކްރީޓް ޖަންގައްޔަކަށް ނުވާހެން ދަމަހައްޓަން ޖެހޭ: ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ވިލިމާލޭގެ ފެހިކަމާއި ގުދުރަތީކަމާއެކު ރަށް ކޮންކްރީޓް ޖަންގައްޔަކަށް ނުވާހެން ދަމަހައްޓަން ޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވިލިމާލެ އަކީ ފެހިކަމާއި ގުދުރަތީ ތަބީއަތާއި ސިފަތައް ހިމާޔަތް ކުރެވިފައިވާ، ކޮންކްރީޓް ޖަންގައްޔަށް ނުވާ ރަށެއްގެ ގޮތުގައި ދަމަހައްޓަން ޖެހޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

”އިސާހިތަކު ވިލިމާލެ ބުރިޖުން މާލެއަށް ގުޅީފަޅުން ތިލަފުށި ގުޅޭނެ. އުސް ކޮންކްރީޓް އިމާރާތް އެޅުން އެކަށޭނެއީ އެ ތަން ތަނުގައި،“

އެމަނިކުފާނު ދެކިވަޑައިގަންނަވާ ގޮތުގައި، އުސް އިމާރާތްތައް އަޅަން އެކަށީގެންވަނީ ގުޅީފަޅާއި ތިލަފުށީގައެވެ. މާލެއާއި ވިލިމާލެއާއި ތިލަފުއްޓާ ގުޅުވާލާ ތިލަމާލެ ބުރިޖު މަޝްރޫއުގެ 75 އިންސައްތަ މިހާރު ވެސް ވަނީ ނިމިފައެވެ.

އެ ބުރިޖުގައި މާލެއާއި ވިލިމާލެއާ ދެމެދު އޮންނަ ސެގްމަންޓުތައް އޮކްޓޯބަރުގެ ނިޔަލަށް ނިންމައިލެވޭނެ ކަމަށް އެ ބްރިޖުގެ ޕްރޮޖެކްޓް މެނޭޖަރު އެސްއެމް ވިސްވަމުރްތީ މި އަހަރުގެ ކުރީކޮޅު ވަނީ ލަފާކުރައްވާފައެވެ. އެ ބުރިޖާއެކު ވިލިމާލޭގެ ހިތްފަސޭހަކަން ނެތިދާނެކަމުގެ ކަންބޮޑުވުން މިހާރު ވެސް އެ ރަށުގެ ރައްޔިތުން ފާޅުކުރެއެވެ.

ބީއެމްއެލް އެފޯޑަބަލް ހޯމް ލީސިންގެ ދަށުން މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި 3،000 އަށްވުރެ ގިނަ ހައުސިން ޔުނިޓު އަޅަން ވަނީ ނިންމައިފައެވެ. އެ މަސައްކަތަށް، ވިލިމާލޭގެ މުހިއްޔުއްދީން ސްކޫލް ކުރިމައްޗަށް އޮންނަ ބިމުގައި ބިޔަކޮށް ހެދިފައި ހުރި ފުނަގަސްތައް ކެނޑުމުގެ މަސައްކަތް މީގެކުރިން ވަނީ ފަށައިފައެވެ.

އެ ކަންބޮޑުވުންތަކާ ހެދި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ ފްލެޓް ޕްރޮޖެކްޓް ހިންގާނީ އެ ބިމުގައި ހުރި ގަސްތަކުގެ ތެރެއިން ވީހާ ވެސް މަދު ގަހެއް ކަނޑައިގެން ކަމަށެވެ. އަދި ކޮންމެހެން ނަގަން ޖެހިގެން ނޫނީ އެއްވެސް ގަހެއް ނުނަގާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިކަމާ ގުޅިގެން މަޖިލީހަށް ވަނީ ޕެޓިޝަނެއްވެސް ހުށަހަޅައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: