ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ތާރު އަޅައިފި

އިއްޒުއްދީން ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް ތާރު އަޅާފައި
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް ތާރު އަޅައި ނިންމާލައިފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ، ސަބް-ބޭސް އަދި އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) އެޅުމުގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާ ކަމަށެވެ. އަދި ސެމްގަމްޓް 4 އަދި 5 ގެ މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި ސެގްމަންޓް 2 އަދި 3 ގެ ދުވާރު ހެދުމާއި ކޭބަލް އެޅުމަށް ބޭނުންވާ ޓްރެންޗްތައް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފުރަތަމަ ފިޔަވަހީގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ފޮރިން މިނިސްޓްރީ ހުރި އިމާރާތާ ހަމައަށް ތާރު އަޅައި ނިންމާލީ މިދިޔަ ހަފްތާގައެވެ. އޭގެ ފަހުން ފޮރިން މިނިސްޓްރީން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް އޮތް ސަރަހައްދުގައި ތާރު އެޅުމުގެ މަސައްކަތް ފެށިއެވެ.

މި މަޝްރޫއުގެ ދަށުން މާލޭގެ ފަޅުން ބައެއް ހިއްކައި އިއްޒުއްދީން ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް މަގު ހަތަރު ލޭނަށް ވަނީ ފުޅާކޮށްފައެވެ.

މީގެ އިތުރުން، މަގުގެ ދުވާރުތައް ހެދުމާއި، ފެން ހިންދާ ނިޒާމް ގާއިމުކުރުމުގެ އިތުރުން، މަގު ބޭނުންކުރާ މީހުންނަށް ފަސޭހަވާނެހެން ގިނަ އަދަދެއްގެ ގަސް އިންދައި އެ ސަރަހައްދު ފެހިކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. އަދި މާލޭ ފަޅުން ބައެއް ހިއްކައިގެން ބީއެމްއެލް އިމާރާތުގެ ކުރިމަތީގައި ގިނަ އަދަދެއްގެ ސައިކަލް ޕާކް ކުރެވޭނެ ސަރަހައްދަކާއި، މަސްވެރިންގެ ޕާކު ސަރަހައްދު ވެސް ދަނީ ތަރައްގީކުރަމުންނެވެ.

ބޮޑުތަކުރުފާނު މަގު ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮގަސްޓް 21 ގައެވެ. މި މަޝްރޫއު އެއްކޮށް ނިންމަން އަމާޒު ހިފާފައި ވަނީ ޖުލައި 26 ގެ ކުރިއަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: