ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޭ ހިޔާ ޕާކުގައި ހިންގި މާރާމާރީއާ ގުޅިގެން 16 އަހަރުގެ ކުއްޖަކު ހައްޔަރަށް!

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ފޭސް 2، ހިޔާ ޕާކު ސަރަހައްދުގައި ހިންގި މާރާމާރީއަކާއި ގުޅިގެން 16 އަހަރުގެ ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

ފުލުހުން މީޑިއާތަކަށް ހިއްސާކުރި މައުލޫމާތުގައި ވަނީ، ހުޅުމާލެ ފޭސް 2، ހިޔާ ޕާކު ސަރަހައްދުގައި ބައެއްގެ މެދުގައި މާރާމާރީއެއް ހިނގާކަމުގެ މައުލޫމާތު 2026 ޖުލައި 19 ވަނަ ދުވަހުގެ ރޭ 20:40 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކުރި ކަމަށެވެ.

މި މައްސަލައާ ގުޅިގެން 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި ހަމަނުޖެހުމުގައި އެއްވެސް މީހަކަށް ބޮޑު އަނިޔާއެއް ވެފައި ނުވާ ކަމަށާއި މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި މާރާމާރީ ހިންގާފައިވަނީ ވަރަށް ބޮޑު ގްރޫޕެއްގެ މެދުގައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އެ މީހުން ވަނީ އެ ސަރަހައްދުގައި ހުރި ބައެއް ތަކެތިވެސް ނަގާ އުކާފައެވެ. އޭގެ ތެރޭގައި ގޮނޑި ފަދަ ތަކެތި ހިމެނެއެވެ.

ރާއްޖޭގައި މިހާރަކަށް އައިސް މިފަދަ މާރާމާރީތައް ރިޕޯޓްކުރާ މިންވަރު އިތުރުވަމުން އަންނަކަން ފާހަގަކުރެއެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރު މިހާތަނަށް މާރާމާރީގެ 378 މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: